Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މި ވެރިކަން ނިމޭއިރު 25,000 ޓަނުގެ މަސް ސްޓޯ ކުރެވޭނެ ކެފޭސިޓީ ހުންނާނެ: ޝިޔާމް

މި ވެރިކަން ނިމޭއިރު 25,000 ޓަނުގެ މަސް ސްޓޯ ކުރެވޭނެ ކެފޭސިޓީ ހުންނާނެ: ޝިޔާމް
މި ވެރިކަން ނިމޭއިރު 25,000 ޓަނުގެ މަސް ސްޓޯ ކުރެވޭނެ ކެފޭސިޓީ ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމްދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. ޝިޔާމް އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝިޔާމް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރައްވާ ސުވާލަށް ޖަވާބުދެއްވުމަށެވެ. ނާޒިލް ވަނީ 250 މިލިއަން ރުފިޔާ ދަރަނި އޮތް ވާހަކަ ވިދާޅުވާއިރު އެ އަދަދަށް މަސް ހުރިތޯ ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި ޝިޔާމް ވިދާޅުވީ ދައްކަމުންދަނީ ސަރުކާރާ ހަވާލުވިއިރު 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ވާހަކަ ކަމަށެވެ. މިއަދު ރާއްޖޭގެ ސްޓޯރޭޖްގެ ކެފޭސިޓީއަކީ 8500 ޓަނު ކަން ފާހަގަކުރައްވާ ޝިޔާމް ވަނީ 250 މިލިއަން ރުފިޔާގެ މަސް ރައްކާކުރާނީ ކިހިނެއްތޯ އައްސަވާފަ އެވެ.
"ދިވެހިރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުންނާނީ 25,000 ޓަނަށްވުރެ މަތީގައި"
ޝިޔާމް އިތުރަށް ވިދާޅުވީ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެނަމަ އެ މަސްވެސް ސްޓޯ ކުރެވޭނެ ކެޕޭސިޓީވެސް އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް