ހަވާލުވާނެ މީހަކު ނެތް ދަބަސްތަކަކުން ބިޔަރު ކޭސްތަކެއް ހޯދައިފި
                                                        ހުޅުމާލެއިން 228 ބިޔަރު ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނީ އެތަކެތި ފެނިފައިވަނީ ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކަކުން ކަމަށެވެ.
އަދި ބަނގުރާ ދަޅުތައް ފެނިފައިވަނީ ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރި ކަމަށް އިއްޔެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
 Ads by Allied Insurance
 
            
                    
            
                    
            
                    
            
                    