Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުރިނބީ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގެ އޮބްޒާވަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިނބީ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގެ އޮބްޒާވަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ އޮބްޒާވަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުރުނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްއާއި ނާއިބު ރައީސް އަދި އިތުރު މެމްބަރަކު އިސްތިއުފާ ދެއްވިތާ މިހާރު ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެހެންވެ އިލެކްޝަނުން މިހާރު ނިންމާފައި ވަނީ އަންނަ މަހު 14ގައި އެ ކޮމިޓީގެ ތިން ގޮނޑިއަށް މެމްބަރުން އައްޔަނުކުރަން އިންތިހާބު ބޭއްވުމަށެވެ.

Advertisement
HDC — Sidebar (box)

އަދި އެ އިންތިހާބުގެ އޮބްޒާވަރަކަށް ވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 12އާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އޮބްޒާވަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރުމާއެކު ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ.

އަދި ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް