ޚަބަރު އިޖުތިމާޢީ

ސްޕާއެއް ފާސްކޮށް ހަށިވިއްކަން އުޅުނު ފަސް މީހަކު އަތުލައިގެންފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މާލޭގައި ހިންގަމުންދިޔަ ސްޕާއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރު ގެއެއްގައި ހިންގަމުންދިޔަ ސަރާ ސެލޫން އެންޑް ސްޕާ ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

ފުލުހުން މިއަދު ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުން ކަމަށެވެ. އެއީ:

  • ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުހައްމަދު އިމްރާން (42އ)
  • ސަލިނީ ޔަމްޑީ (30އ)
  • ޗަޔަނިޓް ޕިލާ (30އ)
  • ވިލައިޕޯން ކޮޓްވޮންގް (24އ)
  • ތިޕްސުދާ ސަންގްހަމް (33އ)

މި މައްސަލަ އާ ގުޅިގެން ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެން ތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!