Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފާޑުކިޔުންތައް އަމާޒުވުމުން އެސޯސިއޭޝަނުން މާފަށް އެދިއްޖެ

ފާޑުކިޔުންތައް އަމާޒުވުމުން އެސޯސިއޭޝަނުން މާފަށް އެދިއްޖެ

އައްޑޫ ސިޓީގައި, ނިވާކަން ކުޑަ ގޮތަކަށް ދެ ޖިންސުގެ ބޮޑީބިލްޑަރުން ބައިވެރިވެގެން ކުރިއަށްދާ ބޮޑީ ބިލްޑިން މުބާރާތަކަށް އާއްމުންގެ ފަރާތުން ކުރިމަތިވި ބޮޑެތި ފާޑުކިޔުންތަކާއެކު އެ މުބާރާތް އިންތިޒާމް ކުރުމުގައި އުޅުނު ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަނުން މާފަށް އެދިއްޖެ އެވެ

އައްޑޫގެ ކެނެރީފް ރިސޯޓުގައި ކުރިއަށްދާ އެ މުބާރާތުގެ ވީޑިއޯ އާއި ފޮޓޯތައް މީސް މީޑީއާގައި ދައުރަވަމުންދެ އެވެ. ވީޑީއޯތަކުން ފެންނަ ގޮތުގައި އެ މުބާރާތް ފެށީ ގުރުއާނުންނެވެ. އެއަަށް ފަހު މިއުޒިކްގެ ބީޓާއި އެއްވަރަށް ދެ ޖިންސުގެ ބޮޑީ ބިލްޑަރުން އިންތިހާއަށް ނިވާކަން ކުޑަގޮތަކަށް އެ މީހުންގެ ހަށިގަނޑު ދައްކާ މަންޒަރު ފެނެ އެވެ.

ނަމަވެސް އެއީ އިސްލާމީ މުޖުތަމައުއަކުން އެއްގޮތަކަށް ވެސް ފެނިގެން ނުވާނެ ފަދަ މަންޒަރުތަކެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ބުނެފަ އެވެ.

Advertisement
Ooredoo — Square (box)

ފާޑުކިޔުންތަކާ ގުޅިގެން ބޮޑީ ބިލްޑިން އެސޯސިއޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ އިވެންޓް ބޭއްވީ ޓޫރިސްޓުންގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭ ގޮތަށް ހުއްދަ ދީފައިވާ ކެނެރީފް ރިސޯޓުގައި ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާއި ސްޕޯޓްސް މިނިސްޓްރީން ދީފައިވާ އިރުޝާދާ އެއްގޮތަށް އެ އިވެންޓް ގެންދަން މަސައްކަތްކުރި ކަމަށް ވެސް ބުންޏެވެ.

އަދި މުބާރަތާ ގުޅިގެން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒުއާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ހަމަ އެހެންމެ އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް