Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިޔާސީ ވާދަވެރިއަކަށް ވާތީ ޖަލަށްލުން ނިމުމަކަށް ގެނެސްފިން: ރައީސް

ސިޔާސީ ވާދަވެރިއަކަށް ވާތީ ޖަލަށްލުން ނިމުމަކަށް ގެނެސްފިން: ރައީސް

ސިޔާސީ ވާދަވެރިއަކަށް ވާތީ ޖަލަށްލުމުގެ ޒަމާން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް މުުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕޭންގެ ތެރޭގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބަދަލު ހިފުމުގެ ރޫހު ނައްތާލައިފައިވާ ކަމަށެވެ.

އަދި ކުރިން ސަރުކާރުތަކުން ސިޔާސީގޮތުން ގެންގުޅެމުން އައި ބަދަލު ހިފުމުގެ ރޫހު މިހާރު ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

އަދި ސިޔާސީ ވާދަވެރިއަކަށްވާތީ އެމަނިކުފާނުފެ ވާދަވެރިޔާ ގެންގޮސް ޖަލަށްލާތަން ވެރިކަމުގެ އެއް  އަހަރުގެ ތެރޭގައި ވެސް ފެނިފައިނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް މީގެ ކުރީގައި ކޮންމެވެސް ވަރަކަށް އެކަން ފެނިގެން ދިޔަ ކަމަށާއި އަދި އޭރު އެކި ގޮތްގޮތުން ފްރޭމްކޮށް ނޫނީ އެހެން ގޮތްގޮތުން ވެސް ސިޔާސީ ވާދަވެރިންގެ ޖަލަށް ގެންގޮސް އަނިޔާކޮށްފައިިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެއީ ތިމަންނައާ ތިމާގެ މީހަކަށް ވިޔަސް ތިމަންނަގެ ރައްޓެެއްސެއްވިޔަސް ކޮންމެ މީހެއްވިޔަސް ސިޔާސީ މީހެއް ވިއްޔާ ދުރައްލާ އެއްކައިރިކުރުމުގެ ޒަމާން އިރާދަ ކުރެއްވިއްޔާ ތާ އަބަދަށް މިވެރިކަން ފެށުނު ދުވަހުން ފެށިގެން ވަނީ ނެތިގެން ގޮސްފަ."

އެހެންކަމުން ދެން އެކަން ރާއްޖެއިން ނުފެންނާނެކަމުގެ ޔަގީންކަން ރައީސް މިރޭ ވަނީ ދެއްވައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް