ޗާގޯސްއަކީ ރާއްޖޭގެ ބަައެއް ކަމަށް ބުނެ ސަރުކާރުން އިނގިރޭސި ސަރުކާރަށް ސިޓީއެއް
ޗާގޯސްއަކީ ރާއްޖޭގެ ބަައެއް ކަމަށް ބުނެ ސަރުކާރުން އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ.
ޖުުމްހޫރި ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވަލީ ރޯމާ ދުވާލު ރާއްޖޭގެ ކަނޑައެޅިފައިވާ ދުސްތޫރުގެ ނިޒާމާ ހިލާފަށް ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ވެސް ބަހެއް ވެސް ނެތި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެކަން ކޮށްފައިވާ ގޮތުން އެ މައްސަލަ ހައްލުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރެއާ ދުވާލު އެކަން ކުރަމުންދާ ކަމަށެވެ.
އެގޮތުން އެޓާނީ ޖެެނެރަލްގެ މުވައްޒަފެއް ދާއިމީކޮށް އދ. ގައި މި ސަރުކާރު ފެށުނު ދުވަހުން ފެށިގެން ބަހައްޓާފައި ހުންނާނެ ކަމަށާއި އަދި އެކަމާ ގުޅޭ އެކިއެކި މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރާ ވާހަކަ އަޑިއިވުމާއެކު، އެ ތަނަކީ ރާއްޖޭގެ ތާރީހާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނަކަށްުވުމާއެކު ސަރުކާރުން ރަސްމީ ސިޓީއެއް އިނގިރޭސި ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ފެންނާންހުރި ލިޔެކިއުންތަކެއް ހުރުމާއެކުގައި އެހެން ގައުމަކަށް ވުރެ ރާއްޖެއަށް މާ އައުލާކަން ބޮޑު ދިވެހިރާއްޖޭގެ ތަނެއްގައި ގޮތުގައި ވެސް ބެލިދާނެ ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކު އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ ސިޓީ ފޮނުވާފައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ޒިންމާއިން ނުރެކޭނެ ކަމަށެވެ.