ގެއްލިގެން ހޯދި މީހާ ފެނިއްޖެ، ހާލު ރަނގަޅު
 
                                                    ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ އެވެ.
މިއަދު މެންދުރު އެކެއް ޖެހިހާއިރު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރީ ރ. މާކުރަތު / ތިންތަރި، އަހްމަދު ޝާހީން (21އ) އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި އޭރު ބުނީ ޝަހީންގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ ހަވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަަމަވެސް އޭނާ ހޯދަން އިއުލާންކުރިތާ ތިން ގަޑިއިރު ފަހުން ފުލުހުން ބުނީ ޝާހީން މާލެއިން ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ
އިތުރި ތަފްސީލެއް ފުލުހުން ނުދެ އެވެ.
 
  Ads by HDC
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
