Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މީޑިއާ ބިލާ ގުޅިގެން އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް 

މީޑިއާ ބިލާ ގުޅިގެން އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް 
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު, އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަންނަން މަޖިލީހުގެ ރިޔާސަތު ނިންމަވައިފި އެވެ. އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ލިބިފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ އެ ޖަލްސާއަށް ހުށަހެޅެން ނެތް ކަމަށެވެ. ކުއްލި މައްސަލާގެ ޝަރުތު ފުރިހަމަ ނުވާކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) އަދި (މ) އެވެ. އެ މާއްދާގެ (އ) ގައި ބުނެފައިވަނީ ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ނުވުމެވެ. އަދި (މ) ގައި ބުނެފައިވަނީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަދައްކާނެ މައްސަލައަކާ ގުޅޭގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ނުވުމެވެ. މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އިއްޔެ ހުށަހެޅި ބިލަކީ ގާނޫނު އަސާސީއިންނާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް, ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައުލަބިއްޔަތުގެ ނާޖާއިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުވާ ބޮޅެއް ކަމަށް މީކާއިލްގެ މައްސަލާގައި ބުނެފައިވެ އެވެ. މީކާއިލްގެ މައްސަލާގައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ކުރަމުންދާ ހުރިހާ ކަމެއް ކުށްވެރިކޮށްފަ އެވެ. އަދި މަޖިލިސް ބޭނުންކޮށްގެން މި ފަދަ ނާތަހުޒީބު ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރާއި މަޖިލީހަށް ގޮވާލާފައިވެ އެވެ.

މީޑިއާ ބިލް މަޖިލީހަށް ހުށަހަޅައިފައިވަނީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި ކޮމިޝަނެއް އުފެދޭނެ ކަމަށެވެ.

އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މީޑިއާ ކައުންސިލް އަދި ބްރޯޑް ކާސްޓިން ކޮމިޝަން އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެންބަރުން ކަމަށެވެ. އޭގެތެރެއިން 4 މެންބަރުން ކަނޑައަޅާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)
ބާކީ 3 މެންބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ނަމަވެސް އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރުވެސް ލިބިދެނީ ރައީސުލްޖުމްހުރިއްޔާ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް