Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
މުނިފޫހިފިލުވުން

އެމްއެސްޕީއޭ ފިލްމު އެވޯޑުގައި ބައިވެރިކުރީ ޖުމްލަ 19 ފިލްމު

އެމްއެސްޕީއޭ ފިލްމު އެވޯޑުގައި ބައިވެރިކުރީ ޖުމްލަ 19 ފިލްމު
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން އަންނަ މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފިލްމު އެވޯޑުގެ ހުރިހާ ކެޓަގަރީއެއް ހިމެނޭހެން ބައިވެރިކޮށްފައި ވަނީ ޖުމްލަ 19 ފިލްމު ކަމަށް އެ ސޮސައިޓީން ބުނެފި އެވެ. އެމްއެސްޕީއޭގެ ފުރަތަމަ ފިލްމު އެވޯޑު، "އެމްއެސްޕީއޭ ފިލްމު އެވޯޑް 2024" ލޯންޗްކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ޖުމްލަ 29 ކެޓެގަރީއަކުން އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހިނގަމުންމިދާ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށެވެ. އެމްއެސްޕީއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ފިލްމު އެވޯޑު ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެންނެވެ. އެވޯޑު ހަފުލާ ބާއްވަން ތާވަލުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މި އެވޯޑުގައި ހިމަނާފައިވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާއްސަކޮށްފައި ވަނީ މަޝްހޫރު ވެޓެރެން އެކްޓަރު ޗިޅިޔާ މޫސާ މަނިކަށެވެ. ފިލްމު އެވޯޑުގައި ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރިލީޒްކުރި ފިލްމުތަކަށެވެ. އެމްއެސްޕީއޭއިން މިއަދު ބުނީ އެވޯޑަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ބައިވެރިކޮށްފައި ވަނީ ޖުމްލަ 19 ފިލްމު ކަމަށެވެ. އެވޯޑާ ގުޅިގެން ބާއްވާ ފެސްޓިވަލުގައި ދައްކާނެ ފިލްމުތައް ޝެޑިއުލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ސޮސައިޓީން ބުނެ އެވެ.

މި އެވޯޑުގެ ފޮޓޮގްރަފީ ޕާޓްނަރަކީ ލައިޓްސް އައުޓް ޕްރޮޑަކްޝަނެވެ. މީގެ އިތުރުން ހައިޕް މޯލްޑިވްސް, އިންޑިއާ ހައި ކޮމިޝަން, އިންޑިއާ ކަރްނާޓަކާގެ އޭބީ ނެޓްވޯކްސް އަދި ދިވެހި ސްކްރީނުން ބައިވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަރަކާޓްތެރި ވާނީ ޕީއެސްއެމްގެ އިތުރުން ދެން އޮންލައިން އެވެ.

ފިލްމު އެވޯޑުގެ އިތުރުން އެ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް ފިލްމު ފެސްޓިވަލެއް ބޭއްވުމަށް ވެސް އެ ސޮސައިޓީން ވަނީ ނިންމާފަ އެވެ. ފެސްޓިވަލުގެ ތެރެއިން ސިނަމާގައި ދައްކާނީ އެވޯޑުގައި ބައިވެރިކުރާ ފިލްމުތަކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް