އުކުޅަހުގައި ކަރަންޓީންގައި ހުރި އަންހެނަކު ނިޔާވެއްޖެ
އއ. އުކުޅަހު ގައި ހޯމް ކަރަންޓީންގައި ހުރި އަންހެނަކު ނިޔާވެއްޖެއެވެ.
އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް އާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭނާ ނިޔާވެފައިވަނީ ރޭ 23:00 ހާއިރު އެވެ.
އެ އަންހެން މީހާ އަކީ މާލެއިން ބޭސްފަރުވާ ހޯދުމަށް ފަހު، ރަށަށް އައިސް ގޭގައި ކަރަންޓީނު ވެގެން ހުރި މީހެކެވެ.
މި މީހާ ނިޔާވެފައިވަނީ ކޮވިޑް-19 ޖެހިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
Ads by HDC