ފީނަން ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފަރުވާ ދެނީ

ކ. މާފުށިން ފީނަން ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދިނުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދިނުމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެކަމަށް އެޓެންޑްވެފައިވާ ކަމަށެވެ.
މި ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 45 އަހަރުގެ ޗައިނާ އަންހެނަކަށް ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.