Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓާޝަރީ ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިިފި

ޓާޝަރީ ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިިފި

ޓާޝަރީ ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިރޭ ހުޅުވައިިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ފަންގިފިލާގެ ދަރުމަވަންތަ އިމާރާތް އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ބޭނުންކުރަން ފެށީ އެމަނިކުފާނުގެ ވެރިކަން ނިމި 2019 ވަނަ އަހަރު އެވެ.

ނަމަވެސް އެތަން މިހާތަނަށް ވެސް ހުރީ ރަސްމީކޮށް ނުހުޅުވަ އެވެ.

Advertisement
HDC — Sidebar (box)

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ރަޖިސްޓްރީ އާއި ހިންގުމުގެ ހުއްދަ ވަނީ ހަވާލުކޮށްފަ އެވެ.

އެ ހޮސްޕިޓަލު މިރޭ ހުޅުވީ އަލަށް ދަރުމަވަންތަ އިމާރާތުގެ 22 ވަނަ ފަންގިފިލާގައި ހުޅުވި ފާޓިލިޓީ ސެންޓަރާ އެކު އެވެ.

އޭގެ އިތުރުން ޓާޝިއަރީ ހޮސްޕިޓަލެއްގެ ފެންވަރަށް އެ ހޮސްޕިޓަލު ގެންދިއުމަށް އިތުރު ފެސިލިޓީތައް ވެސް ގާއިމުކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހައިބްރިޑް އޮޕަރޭޝަން ތިއޭޓާ ސިސްޓަމަކާ އަދި ޒަމާނީ ކެތު ލެބެއް ވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް