ޚަބަރު

ކެނަބިސް ކަމަށް ބުނެ ހިފެހެއްޓި ވޭޕް ޝިޕްމެންޓް ޑްރަގަށް ނެގެޓިވް

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ހުރި ކަމަށް ބުނެ ކަސްޓަމުން ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމެންޓުގައި ހިމެނޭ ތަކެތި މަސްތުވާތަކެއްޗަށް ނެގެޓިވްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ވޭޕް އޮއިލް ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމުން ހިފެހެއްޓީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ ވާހަކަ ހިއްސާކުރެއްވީ 'އެކްސް' މެދުވެރިކޮށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި ކެނަބިސް ޝިޕްމެންޓްއެއް ކަމަށް ބުނާ ޝިޕްމެންޓުގައި ހުރި ތަކެތި ޓެސްޓް ކޮށްފައިވާ ކަމަށް މިއަދު ފުލުހުން ބުނެފައިވެ އެވެ. އަދި އެ ތަކެތި ޑްރަގްއަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

"މި ޝިޕްމެންޓްގައި ހުރި ތަކެތި މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމަށް ހެދި ފޮރެންސިކް ލެބް ޓެސްޓުން ދައްކާފައިވަނީ ނެގެޓިވް ކަމަށް،" ފުލުހުން ބުނެފައިވެ އެވެ.

 

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ގާނޫނުގައިވާ ގޮތުން ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާވާނެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އިޝްތިހާރު ކުރުމާއި ހިލޭ ބެހުން މަނާވާނެ އެވެ. އޭގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން މަނާކުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!