Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ހިޔާލު ހުށަހަޅަން ފުރުސަތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ހިޔާލު ހުށަހަޅަން ފުރުސަތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް ފުރުސަތު ލިބޭގޮތަށް ބިލުގެ ކަންކަން އިންތިޒާމް ކުރުމަށް ބާ ކައުންސިލުން ގޮވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާާޑު) ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލު ދިރާސާ ކުރުމަށްފަހު، އެ ކޮމިޓީއިން މިއަދު ވަނީ ގާނޫނަށް ހުށަހެޅުނު އިސްލާހުތައް ފާސް ކޮށްފަ އެވެ.

ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ހަވީރަށް މަޖިލީހުގެ ޖަލްސާއެއް ތާވަލު ކޮށްފައިވަނިކޮށް، ބާ ކައުންސިލުން ވަނީ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފަ އެވެ.

Advertisement
Ooredoo — Truecaller (box)

ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ބިލާއި ގުޅިގެން ބާ ކައުންސިލްގެ އާންމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.

އެހެންކަމުން، ބާ ކައުންސިލް އާންމު މެމްބަރުންގެ ހިޔާލާ މަޝްވަރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިންމު ކަމެއްކަމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ފެންނާތީ އެ ބިލަށް ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތަކަށް އެދި މިއަދު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހާއި ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި، ހިޔާލު ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށްވުމަކީ މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް