ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތިން ދިޔަ ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުުރުގައިވާ ގޮތުން އެ މައްސަލައިގައ ހައްޔަރުކުރީ ހ. ރެދަން/ ފަވާޒް ކަޅުތުއްތު (36 އަހަރު) އެވެ.
ބަންދު އަމުރުގައި ބުނީ ފަވާޒް ބިދޭސީ މީހާއަށް ވަޅިން ހަމަލާ ދިނުމަށް ފަހު 6000 ރުފިޔާ ފޭރުނު ކަމަށާއި އަދި އޭނާ ދުވެފައި ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ވެސް ފެންނަ ކަމަށެވެ.
އަމުރުގައި ބުނީ ފަވާޒް އަކީ ފޭރުމުގެ ރެކޯޑް އޮތް މީހެކެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ތޫނު އެއްޗަކުން ބިރު ދައްކައިގެން ބިދޭސީންގެ އަތުން ފޭރުމުގެ މައްސަލައެއް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.