Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވައިފި

ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވައިފި
ބ. ކަމަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެތިބެ ހިދުމަތްދޭން ފަށައިފި އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލު ރައީސް ހަސަން ޒަރީރު އެވެ. ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ކަމަދޫގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވިގެންދިޔައީ ކަމަދުއާއި އެރަަށަށް ޒިޔާރާތްކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. ކަމަދު އަކީ އިޖުތިމާއީ ގުޅުން ގާއިމު، ކުށްމަދު ރަށެއްކަން ސުޖާއު ފާހަގަކުރެއްވި އެވެ. ސީޕީ ވިދާޅުވީ އެރަށުގައި ފުލުހުން ހިދުމަތްދޭން ފެށުމަކީ އިތުރަށް ކުށްމަދުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ. [caption id="attachment_254710" align="alignnone" width="1280"] ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ސީޕީ ވާހަކަ ދައްކަވަނީ - ފޮޓޯ: ފުލުހުން[/caption] މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަދޫގައި ހިދުމަތްދޭންތިބި ފުލުހުންނަށް ސީޕީ ގޮވާލެއްވި އެވެ. އަދި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމަށް ވެސް ނަސޭހަތްތެރިވި އެވެ.
"ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތިޔައިން އެއްވެސް ފުލުހެއް ފަހަތަށް ނުޖެހުމަށް'' ކަމަދޫ ފުލުހުންނަށް ސީޕީ ގޮވާލެއްވި އެވެ.
ފުލުހުން ރައްޔިތުންނަށް ހިދުމަތްކުރުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުގެ ރައްޔިތުންނާ ގުޅިގެން، ކުށް ވިޔަ ނުދިނުމަށް މަސައްކަތްކުރުންކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކުށް އުފެދުމުގެ ކުރިން، ކުށަށް އަރައިގަންނަން ހުރި ހުރަސްތައް ނައްތައިލުމަށް ކަމަދޫ ޕޮލިސް ޕޯސްޓުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން ކަމަދޫއިން ފެނިގެން ދިއުން އުންމީދުކުރައްވާ ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން ޝުޖާ އެދިލެއްވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް