Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭރު ފައިސާ މާރުކުރަން ފެށުމުން މަޑުމަޑުން ފޮނިކަން ފެންނާނެ، އެއް ފަހަރާ ބަދަލުތަކެއް ނުފެންނާނެ: ގަވަރުނަރު

ބޭރު ފައިސާ މާރުކުރަން ފެށުމުން މަޑުމަޑުން ފޮނިކަން ފެންނާނެ، އެއް ފަހަރާ ބަދަލުތަކެއް ނުފެންނާނެ: ގަވަރުނަރު
ބޭރު ފައިސާ މާރުކުރަން ފެށުމުން މަޑުމަޑުން ފޮނިކަން ފެންނަން ފަށާނެ ކަމަށާއި އެހެން ނަމަވެސް އެއް ފަހަރާ ބަދަލުތަކެއް ނުފެންނާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލާއެކު ސަރުކާރުން މިހާރު އަމާޒުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށް ދޫކުރާ 500 ޑޮލަރުވެސް ބޮޑުކުރުން ކަމަށް ވިދާޅުވި އެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ އަށް ބޭރަށްދާ ފަރާތްތަކަަށް ދޫކުރާ ޑޮލަރުވެސް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކިޔަވާ ދަރިވަރުންނަށް މިހާރު އޮންނަ ޑޮލަރު ލިމިޓުވެސް ބޮޑުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ވެސް ކުރެވޭނީ ބޭންކުތަކަށް ވަންނަ ޑޮލަރު އިތުރުވެގެން ކަމަށެވެ. މިހާރު ބޭރު ފައިސާ ދޫކުރެވެނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަށް ކަމަށާއި އެހެން ނަމަވެސް ބޭރު ފައިސާ ލިބޭ ނަމަ ސަރުކާރުގެ އެހެން ކުންފުނިތަކަށް ވެސް ބޭރު ފައިސާ ދޫކުރެވި ކަޅު ބާޒާރުގައި ޑޮލަރު ދަށް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަންވެސް މުނައްވަރު ފާހަގަކުރެއްވި އެވެ.
"އެހެންވީމާ މި ހުރިިހާ ކަމަކުން ވެސް އަޅުގަނޑު މި ގަބޫލުކުރަނީ މަޑުމަޑުން އަޅުގަނޑުމެންގެ ބޭރު ފައިސާގެ މާކެޓު ވަރަށް ބޮޑު ސްޓަރަކްޗަރަށް ބަދަލެއް މި އަންނަނީ، އެހެންވީމާ ސްޓަރްކަޗަރަށް ބަދަލެއް އަންނައިރު މަޑުމަޑުން ފޮނިކަމެއް އަންނާނެ، އެއް ފަހަރާ ނުފެންނާނެ" މުނައްވަރު ވިދާޅުވި އެވެ.
"ބޭރު ފައިސާއާ ބެހޭ" ބިލެއް ޑްރާފްޓްކޮށް އާއްމުންގެ ހިޔާލަށް އެމްއެމްއޭއިން ހުޅުވާލާފައިވެ އެވެ. އެމްއެމްއޭއިން ބުނީ އެކުލަވާލި ބިލުގެ މައިގަނޑު މަގުސަދަކީ، އޮކްޓޫބަރު 1 ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އެ ބިލު އެކި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް ފޮނުވައިފައިވާއިރު އެ ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމުރައްޔިތުންގެ ހިޔާލު އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް