Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާ ޓާމިނަލްގައި ފޮރިން އެކްސްޖޭންޓް ކައުންޓަރުތައް ހުންނާނެ: ގަވަރުނަރު

އާ ޓާމިނަލްގައި ފޮރިން އެކްސްޖޭންޓް ކައުންޓަރުތައް ހުންނާނެ: ގަވަރުނަރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަލަށް ހަދާ ޓާމިނަލް ހުޅުވާއިރު އެތަނުގައި ފޮރިން އެކްސްޖޭންޓް ކައުންޓަރުތަކެއް ހުންނާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށެވެ. މުނައްވަރު ވިދާޅުވީ އާ ޓަމިނަލް ހުޅުވިގެން ދިޔުމުން އިންޑަސްޓްރީއަށާއި ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"އާ ޓާމިނަލްގެ މަސައްކަތް ނިގެންދާއިރު ހުރިހާ ބޭންކްތަކަކާ ވާހަކަ ދައްކައިގެން, އެހެން ގައުމުތަކުގައި ހުންނަ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނެ ފޮރިން އެކްސްޗޭންޖް ކައުންޓާތަކެއް"
މުނައްވަރު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ކައުންޓަރުތަކާއެކު، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެމްއެމްއެމްއޭއިން ކަނޑައަޅާފައިވާ ގޮތަށް 500 ޑޮލަރު މާރުކުރަން ފަސޭހަވެގެންދާނެ ކަމަށެވެ. ޗުއްޓީ އަށް ފަހު ރާއްޖެއިން ފުރާއިރު ދިވެހި ރުފިޔާ ހުރިނަމަ އެވެސް އެ ކައުންޓަރުން ޑޮލަރަށް ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެއީ ރާއްޖެއިން ބޭރުގައިވެސް އޮންނަ އުސޫލުކަން ފާހަގަކުރައްވަމުން މުނައްވަރު ކިޔައިދެއްވީ އޭނާ ދާދިފަހުން ދުބާއީއަށް ވަޑައިގެން ކުރެއްވި ތަޖުރިބާ އެވެ. ވިދާޅުވީ ދުބާއީއަށް އެތެރެވާ މީހުންވެސް ޖެހެނީ ޑޮލަރު މާރުކުރަން ކަމަށާއި، ޑޮލަރު މާރުކުރުމުގައި ލިމިޓްތަކެއް ޔޫއޭއީގައިވެސް ކަނޑައަޅާފައިވާ ކަމަށެވެ. ބޭރު ފައިސާ މާރުކުރުމުގެ އުސޫލަށް ގެންނަ ބަދަލުގެ ތެރެއިން އިންޑަސްޓްރީއާއި ވިޔަފާރިތަކަށްވެސް ފަސޭހަވާނެ ފަދަ ގޮތަކަށް ބޭންކްތަކާ މަޝްވަރާކޮށްގެން އެއާޕޯޓާއި އެހެން ތަންތަނުގައިވެސް ޑޮލަރު މާރުކުރެވޭނެ ގޮތްތަކެއް ހެދުމަށް މަސައްކަތްކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ ބޭންކުތައް މިހާރަށްވުރެ ބޮޑަށް އެކައުންޓަބަލް ކުރެވޭނެ ގޮތްތަކާއި ބޭންކްތަކަށްދޭ ސަރަހައްދުތައް އެންމެ ބޭނުން ފަރާތްތަކަށް ދޭކަން ޔަގީންކުރަން ސިސްޓަމްތަކެއް ހެދިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ފައިސާ އެންމެ ބޭނުންވާ މީހުންނަށް އިންސާފުވެރިކަމާއެކު ލިބިގެންދާނެކަން އެމްއެމްއޭއަށާއި ބޭންކުތަކަށާއި އާއްމުން އަދި ކަސްޓަމަރުންނަށް ޔަގީންކުރެވިގެންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. "ބޭރު ފައިސާއާ ބެހޭ" ބިލެއް ޑްރާފްޓްކޮށް އާއްމުންގެ ހިޔާލަށް އެމްއެމްއޭއިން ހުޅުވާލާފައިވެ އެވެ. އެ ބިލާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ އެ ބިލް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ އޮކްޓޫބަރު 1 ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އެ ބިލާ ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފޮނުވައިފައިވާއިރު އެ ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ހިޔާލު އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް