އިންޑިއާ މީހުންނަށް ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ޑޮލަރު އިތުރުކޮށްދޭން އެދިއްޖެ
ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ގަވާއިދާ އެކު ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ލިބޭ މުސާރަ އިންޑިއާއަށް ފޮނުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަން ހައްލުކޮށްދިނުމަށް އިންޑިއާއިން އެދިއްޖެ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަަކަށް މާރުކުރުމަށް ލާޒިމުކޮށް އެމްއެމްއޭއިން ވަނީ ގަވާއިދެއް އެކުލަވާލާފަ އެވެ. އެ ގަވާއިދު އެކުލަވާލުމާ އެކު ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ވަނީ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ، މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ދިވެހި ރުފިޔާއިން ދޭން ފަށާފަ އެވެ.
އިންޑިއާގެ ގާނޫނުގެ ހަދާ މަޖިލިހުގެ ތިރިގެޔަށް ހުށަހެޅުއްވި ކަރުދާހެއްގައި އެ ގައުމުގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ ގައުމަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވަނީ ހަމައެކަނި ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުންނަށް ކަމަށެވެ. ޑޮލަރުން މުސާރަ ލިބޭ މީހުންނަށް އެކަމުގެ އުދަނގޫތަކެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވާނީ މި މައްސަލަ [ރެމިޓެންސް ފޮނުވުން]" ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް، ބޭންކުތަކުން ޑޮލަރު އިތުރަށް ލިބޭނެ ގޮތް ހަމަޖައްސައިދޭން ދިވެހި ސަރުކާރުގެ އިތުރުން އެމްއެމްއޭގައި އެދިފައި،" ޖައިޝަންކަރު ވިދާޅުވި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ މަސައްކަތްތެރިންގެ ތެރެއިން މިދިޔަ އަހަރު ރެމިޓެންސްގެ ހިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ ބަންގްލަދޭޝް، ނޭޕާލް އަދި ފިލިޕީންސްއަށް ނިސްބަތްވާ މީހުންނެވެ. ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ އިންޑިއާ، ފިލިޕީންސް އަދި ތައިލޭންޑަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ރިސޯޓުތަކުން ޑޮލަރު އަތުލާފަ މިދެނީ އިންޑިޔާއަށްދޯ މޑޕ އަށްވުރެ ރާޖޭމީހުނަށްވުރެ އިންޑިޔާމީހުނަށް މާހެޔޮއެދިފާ ކުރިއަރުވަންއުޅޭނު ދިވެހިން ބުރަމަސެއްކަތުން ހޯދާޑޮލަރު އަޔުލާފައިންޑިޔާއަށް ވ ތާހިރު
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން އެކަންކޮށްދޭގޮތަށް ހަމަޖައްސާލަބަލަ. ގިނަބޮޑެތި ރިސޯޓު އޯނަރުންގެ އެމައުންޓު އެބަހުރި އެތާގައި.