Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންސްޕާއިން އިމާރާތް ހިފީ އުސޫލާ އެއްގޮތަށްތޯ އޭސީސީން ބަލަނީ

އެންސްޕާއިން އިމާރާތް ހިފީ އުސޫލާ އެއްގޮތަށްތޯ އޭސީސީން ބަލަނީ
އެ އެޖެންސީ ހިންގަން އިމާރާތެއް ކުއްޔަށް ހިފި ގޮތާ ގުޅޭގޮތުން ތުހުމަތުކޮށް ފަތުރަމުންދާ ވާހަަކަތަކާ ގުޅޭ މިނިވަން ތަހުގީގެއް ކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެދިފައިވާ މައްސަލަ ރެޖިސްޓަކޮށް، މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. އެންސްޕާއިން ހުކުރު ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ ފިނޭންސް މިނިސްޓްރީ އާއެކު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އެކަމަކީ އެންސްޕާ އާއި އެހެން އެެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫން ކަމަށެވެ. އަދި އެއީ އާންމު މައުލޫމާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި ފިނޭންސް މިނިސްޓްރީގެ މަންސަތަކުގައި ފެންނަން ހުރި މައުލޫމާތުތަކެއް ކަމުގައި ފާހަގަކުރި އެވެ. އެ އެޖެންސީ އާއި އެޖެންސީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ހިންގައި، އެ ކަންކަމުގެ ތަފުސީލު ހާމަކޮށްދިނުމަށް އެންސްޕާއިން އޭސީސީގައި ވަނީ އެދިފަ އެވެ. އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ މިއަދު "ދެން" އަށް ވިދާޅުވީ އެންސްޕާއިން ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުގައި ރެޖިސްޓްރީކޮށް ބަލަން ފަށާފައިވާ ކަމަށެވެ.
"މައްސަލަ ރެޖިސްޓްރީކޮށްފައި މިހާރު ވަނީ. ތަހުގީގު ވެސް ފަށާފައި ވަނީ،" ސަމާ ވިދާޅުވި އެވެ.
ބަލަމުންދާ މައްސަލައަކަށް ވުމާ އެކު މިވަގުތު އިތުުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިޔެކިޔުންތަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަހުން ލޯންޗްކުރި "އެމްއެމް" ޓީވީ ހިންގާ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އާއެކު އެންސްޕާއިން 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އެއީ އެންސްޕާ ހިންގަން މއ. ސީރާޒީގެއިން 2 ފަންގިފިލައެއް 5 އަހަރު ދުވަހަށް ކުއްޔަށް ހިފުމާ ގުޅޭ އެއްބަސްވުމެކެވެ. ފިނޭންސް މިނިސްޓްރީން ހިންގާ ޓެންޑާ ބޯޑު މެދުވެރިކޮށް ހަދާފައިވާ އެއްބަސްވުމުގެ ދަށުން މީޑިއާ ހައުސްއިން 4 ފަންގިފިލައެއް ކުއްޔަށް ހިފާފައިވާއިރު، އޭގެ ތެރެއިން 2 ފަންގިފިލާ ދޫކޮށްފައި ވަނީ އެންސްޕާއަށް ކަމަށެވެ. އަނެއް 2 ފަންގިފިލާ ބޭނުންކުރަމުންދަނީ "އެމްއެމް" ޓީވީގެ ބޭނުމަށެެވެ. އެހެންނަމަވެސް 4 ފަންގިފިލާއަށް މަހަކު ދައްކަން ޖެހޭ 580،000 ރުފިޔާ ހަމަޖައްސަނީ އެންސްޕާ މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް