Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކެލާާގައި ސިހުރުގެ މައްސަލަ ބޮޑުވެ ފުލުހުންގެ ބޮޑު އޮޕަރޭޝަންއެއް

ކެލާާގައި ސިހުރުގެ މައްސަލަ ބޮޑުވެ ފުލުހުންގެ ބޮޑު އޮޕަރޭޝަންއެއް

ހއ. ކެލާގައި ސިހުރުގެ މައްސަލަ ބޮޑުވެ ފުލުހުންގެ އޮޕަރޭޝަންއެއް ފަށައިފި އެވެ.

ކެލާ ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ސާޖިދު "ދެން"އަށް ވަނީ އެ އޮޕަރޭޝަން ހިންގަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

އަދި ގޭގެއަށް ފުލުހުން ގޮސް ތަންތަން ބަލައި ފާސްކުރަމުންދާކަން ވެސް ސާޖިދު ޔަގީންކޮށްދިނެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ސާާފު ނުވާ ކަމަށް ސާޖިދު ވިދާޅުވި އެވެ.

ސިހުރު ހަދާާ މައްސަލަ ބޮޑުވި ނަމަވެސް ރަސްމީކޮށް ކައުންސިލްއަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް ވެސް ސާޖިދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުލުހުންގެ ބަހެއް ނުލިބެ އެވެ. ރާއްޖޭގައި ސިހުރު ހެދުމުގެ މައްސަލަ ވަރަށް ބޮޑެވެ.

އަދި އެފަދަ މައްސަލަތަކާާ ގުޅިގެން އޮޕަރޭޝަންތައް ހިންގައި ސިހުރު ހަދަން ގެންގުޅޭތަކެއްޗާއެކު ސިހުރު ހަދާ މީހުންވެސް ހައްޔަރުކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ މޭ މަހު ވަނީ ފުނަދޫ ދާއިރާގެ  މެންބަރު، މުހައްމަދު މަމްދޫހް (މަންޑޭ)އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްުޔަރުވެސްކޮށްފަ އެވެ. ނަމަވެސް އޭނާ ފަހުން ދޫކޮށްލި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް