ވިއްސާރާގައި ރަށްރަށަށް ލިބުނު ގެއްލުން މިލިއަނަކަށްވުރެ މަތި

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރި ވިއްސާރާގައި ރަށްރަށަށް ލިިބުނު ގެއްލުންތައް މިލިއަނެއްހާ ރުފިޔާއަށްވުރެ މަތިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެންޑީއެމްއޭއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ މިދިޔަ މަހުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ރަށްތަކުގެ 110 ގެއަކުން އެކިވަރުގެ ގެއްލުން ލިބި، އެ އޮތޯރިޓީއަށް އެކަން އަންގާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ވިއްސާރާގައި ގެއްލުންވެގެން ރިޕޯޓް ކޮށްފައިވާ ރަށްތައް:
- ދ. ބަނޑިދޫ
- ދ. ހުޅުދެލި
- ގދ. މަޑަވެލި
- ހދ. ނެއްލައިދޫ
- ނ. މާދަރު
- ރ. ރަސްމާދޫ
- ސ. ފޭދޫ
- ޅ. ކުރެންދޫ
- ސ. ހުޅުދޫ
- ސ. މަރަދޫފޭދޫ






ކޮމެންޓް