ނިއުމާގެ ފިލްމީ ކެރިއަރަށް މިއަދު 26 އަހަރު : ފޭނުންނަށް ދިނީ ހިތާމަވެރި ޚަބަރެއް
- ނިއުމާގެ ފިލްމީ ކެރިއަރު ފެށުނީ ކޮންއިރަކު، ކިހިނެއް؟
- މިހާތަނަށް ނިއުމާއަށް އެންމެ ގިނައިން ކުޅެވިފައި ހުރީ ކޮންކަހަލަ ފިލްމެއް؟
- ފޭނުންނަށް އޮތް ހިތާމަވެރި ޚަބަރަކީ ކޮބާ؟
ދިވެހިރާއްޖޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ފިލްމީތަރި ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް މިއަދަށް މިވަނީ 26 އަހަރު ފުރިފައެވެ. ފިލްމީ ދާއިރާގައި ނިއުމާ މި ހޭދަކުރި 26 އަހަރުގެ ތެރޭގައި އޭނާ ވަނީ ބެލުންތެރިންނާއި ހަމައަށް ގިނަ މަސައްކަތްތަކެއް ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ 26 އަހަރުކުރިން ފިލްމީ ބެލުންތެރިންގެ ހިތްތަކުގައި ރަނކަން ކުރަން ފެށި ނިޢުމާއަކީ އަދިވެސް ރާއްޖޭގެ ގިނަ ބައެއްގެ "ފޭވަރިޓެވެ."
ފިލްމީ ދާއިރާގައި 26 އަހަރު ފުރުމުގެ މުނާސަބަތުގައި ނިއުމާ ވަނީ "ދެން" އަށް ހާއްސަ އިންޓަވިއު އެއް ދީފައެވެ. ދިން ވަގުތުކޮޅަށް ޓަކައި ނުހަނު ޝުކުރު އަދާ ކުރަމެވެ.
ނިއުމާގެ ފިލްމީ ކެރިއަރު ފެށުނީ ކޮންއިރަކު، ކިހިނެއް؟
ނިއުމާއަކީ ސުކޫލް ދައުރުން ފެށިގެން ވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އަބަދުވެސް ސްޓާރ ސިނަމާ ކައިރިން ރަމީޒާ އާއި ނިމާލްމެން ފަދަ ތަރިން ފެންނާތީ ފިލްމީ ދާއިރާއަށް ނިއުމާ ވަރަށް ބޮޑަށް ޝައުގުވެރިވިއެވެ. ހަމައެހެންމެ ބައެއް ލަވަތަކުގައި ރަމީޒާމެން ހެދުން އެޅި ގޮތަށް ހެދުން އަޅާ ވެސް އޭނާ އުޅުނެވެ
ހަމައެހެންމެ ނިއުމާއަކީ ސްކޫލް ދައުރުގައިވެސް ޑްރާމާ މުބާރާތްތަކުގައި ވެސް "އެކްޓް" ކޮށް އުޅުނު މީހެކެވެ. ނިއުމާގެ ހުނަރުވެރިކަން ސުކޫލްގެ ޑްރާމާ މުބާރާތްތަކުން ފެނި ނިއުމާގެ ފިލްމީ ކެރިއަރު ފަށަން ،1994 ވަނަ އަހަރު އޭނާއަށް މަގުކޮށައިދީ ދޮރެއް ހުޅުވައިދިނީ މަރިޔަމް ޝައުގީއެވެ. އެގޮތުން މަރިޔަމް ޝައުގީ އެންމެ ފުރަތަމަ ނިއުމާ އަށް ދިން ފުރުސަތަކީ "ހިތ ތަޖުރިބާ" ކިޔާ ޑްރާމާ ސީރީޒްއެކެވެ. އޭރު ނިއުމާގެ އުމުރަކީ އެންމެ 17 އަހަރެވެ.
ނިއުމާ ނިންމީ ފުރުސަތުގެ ބޭނުން ހިފައި އޭނާގެ ހުނަރުވެރިކަން ދިވެހި ރައްޔިތުންނަށް ދައްކާލާށެެވެ. އަދި ބެލުންތެރިންނަށް އޭނާގެ މަސައްކަތް ކަމުގޮސްފިނަމަ އިތުރަށް މިދާއިރާގައި ކުރިއަށް ދިއުމަށް ނިއުމާ ނިންމިއެވެ. ނިއުމާގެ ނަސީބު ވެސް ރަނގަޅެވެ. ފިލްމީ ދާއިރާގެ އޭނާގެ އަލަތު މަސައްކަތުގައި ރާއްޖޭގެ އެންމެ މޮޅު ފަންނާނުން ކަމަށްވާ އާރިފާއާއި ޝަމީލްފަދަ ތަރިން ހިމެނުމަކީ އޭނާއަށް ލިބުނު ރަނގަޅު ތަޖުރިބާއެކެވެ.
މިހާތަނަށް ނިއުމާއަށް އެންމެ ގިނައިން ކުޅެވިފައި ހުރީ ކޮންކަހަލަ ފިލްމެއް؟
ފިލްމީ ދާއިރާގައި 26 އަހަރު ހޭދަކުރި އިރު ނިއުމާ ވަނީ ގިނަ ފިލްމުތަކެއް ކުޅެފައެވެ. އަދި އެއިން ކޮންމެ ފިލްމަކީވެސް ބެލުންތެރިން އެފިލްމެއް ބެލި ފިލްމުތަކެއްކަން ގައިމެވެ. ނިއުމާގެ ފިލްމީ ކެރިއަރުގައި ތަފާތު ރަހަތަކުގެ ފިލްމްތައް ކުޅެފައި އެބަހުއްޓެވެ. އެގޮތުން ސިޔާސީ ވެކްސިން، އަދި މުހަންމާ ގާޑިޔާ ފަދަ ކޮމެޑީ ފިލްމްތަކާއި ފަތިސްހަނދުވަރު، ހިޔަނި އަދި ގިނިހިލަ ފަދަ ބިރުވެރި ފިލްމްތައް ވެސް ހިމެނެއެވެ.
ބިރުވެރި ފިލްމް ،ފަތިސްހަނދުވަރު ފަދަ ސްޕަރހިޓް ފިލްމްތަކެއް ކުޅުނު ނަމަވެސް ބެލުންތެރިން ބޮޑަށް ނިއުމާ ބަލައިގަތީ މާ ލޯބިންނެވެ. ނިއުމާ ކުޅުނު ލޯބީގެ ފިލްމުތަކާ ލަވަތަކަކީ އަދިވެސް ދިވެހީންނަށް އެންމެ ކަމުދާ ފިލްމްތަކާއި ލަވަތަކެވެ. އެގޮތުން ކަލާޔާ ނުލާ، ހިތްޔާރާ ދީފާ ލޯބިން އަދި ޔޫސުފް ފަދަ ފިލްމްތަކަކީ ގިނަ ބައެއްގެ އަބަދަށް ފޭވަރިޓް ފިލްމް ތަކެވެ.
ފިލްމީދާއިރާގައި ނިއުމާއަށް މިހާތަނަށް އެންމެ ގިނައިން ކުޅެވިފައި ހުރީ ހިތާމަވެރި ރޯލް ތަކެވެ. އެގޮތުން ނިއުމާ އެންމެ ބޮޑަށް ފާހަގަ ކުރީ "ނިއުމާ" ފިލްމެވެ. އެއީ ނިއުމާގެ ފިލްމީ ކެރިއަރުގައި ކުރެވުނު އެންމެ ކާމިޔާބު މަސައްކަތް ކަމުގައި ވެސް ނިއުމާ ފާހަގަ ކުރިއެވެ.
ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިިވި
ރާއްޖޭގައި ފިލްމީދާއިރާ ފަދަ ދާއިރާއަކުން ކުރިއަށް ދެވޭނީ ވަރަށް ކެތްތެރިވެގެން ކަން ގައިމެވެ. ސަބަބަކީ ފިލްމީދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ގިނަ ފާޑުކިޔުންތަކަކާއި މަލާމާތްތަކެއް އަބަދުވެސް ރައްދު ކުރާތީއެވެ. އަދި މީގެ އަހަރުތަކެއް ކުރީން އެކަން އިންތިހާއަށް އޮތީތީއެވެ. ނަމަވެސް އެމީހުންގެ ފާޑުކިޔުންތަކާއި މަލާމާތްތަކަށް ނިއުމާ ދިނީ ބީރު ކަންފަތެކެވެ.
ބައެއް ފަހަރަށް މީހުން ބުނާ އެއްޗެހިން ފިލްމު ކުޅުން މުޅިން ހުއްޓާލަން ވެސް ހިތަށް އަރާ ކަމަށާއި ނަމަވެސް "ގިވް އަޕް" ނުކޮށް ކުރިއަށް ދިއުމަކީ އޭނާއަށް ލިބުނު ކާމިޔާބީތަކުގެ އެންމެ ބޮޑު ސިއްރެވެ.
ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދި
ނިއުމާ ފާހަގަ ކުރާ ގޮތުގައި ފިލްމީ ދާއިރާގައި 26 އަހަރު ހޭދަކުރި އިރު އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2011 ވަނަ އަހަރު ފަންނީ ދާއިރާއިން ލިބުނު އާންމު ޚިދުމަތުގެ އިނާމެވެ.
މިނޫނަސް ނިއުމާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައެވެ. ނިއުމާގެ ގޭގައި ހުރި އެވޯޑްތަކަކީ މަދު އެވޯޑްތަކެއް ނޫނެވެ. 1994 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ އެންމެ އަހަރެއްގެ ތެރޭގައި އޭނާ ވަނީ އެންމެ އުހަށް ދަތުރުކޮށްފައެވެ. އެގޮތުން 1995 ވަނަ އަހަރުގެ އެވޯޑް ހަފްލާގައި ފިލްމު "ބަދަލު"އިން އެއްވަނަ އެކްޓްރެސްގެ އެވޯޑާއި ބެސްޓް ޕާފޯމާ އޮފްދަ އިޔާގެ އެވޯޑް ހޯދިއިރު ނިއުމާއަކީ އާ މޫނެކޭ ދެންނެވުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ.
އޭގެ ފަހުންވެސް ނިއުމާއަށް ގިނަ ފިލްމުތަކަކުން ނެޝަނަލް ފިލްމް އެވޯރޑްވެސް ވަނީ ލިބިފައެވެ. އެގޮތުން ކަލާޔާނުލާ، ފަތިސް ހަނދުވަރު، ދިލަކަނި އަދި ފިލްމު ނިއުމާ ހިމެނެއެވެ.
ނިއުމާ ސިޔާސީ ދާއިރާއިން ފެނިދާނެތަ؟
ފިލްމީ ދާއިރާގައި މަސައްކަތްކުރި ގިނަ ބަޔަކު މިއަދު ސިޔާސީ ދާއިރާއިން ފެންނާތީވެސް ފެނެއެވެ. ކުރިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ރީކޯ މޫސަ އަދި މުހަންމާއަކީ މިއަދު ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.
ނިއުމާ ސިޔާސީ ދާއިރާއިން ފެނިދާނެތޯ ނުވަތަ ނޫންތޯ މިއީ ނިއުމާގެ ފޭނުން ވަރަށް އެނގެން ބޭނުންވާނެ ކަމެއްކަން ޔަގީނެވެ. މި ސުވާލަށް ނިއުމާ ވަނީ ޖަވާބު ދީފައެވެ.
"ޚިޔާލެއް ދެން އުޅުނުދޯ އެކަހަލަ ކަމެއްގައި. އެކަމަކު ދެން ރާއްޖޭގެ ސިޔާސީ ދާއިރާ އެހާ ރަނގަޅެއް ނޫން. އެހެންވީމަ ސިޔާސީ ދާއިރާއަކުން ނުފެންނާނެ"
ނިއުމާގެ ޖަވާބު ވަރަށް ސާފެވެ. ނިއުމާ ސިޔާސީ ދާއިރާއަކުން ނުފެންނާނެއެވެ
ފޭނުންނަށް އޮތް ހިތާމަވެރި ޚަބަރަކީ ކޮބާ؟
ނިއުމާގެ އިތުރު ފިލްމުތަކެއް ބަލަން ކެތްމަދުވެފައި ތިބި އޭނާ ފޭނުންނަށް ނިއުމާ ދޭން އޮތީ އެހާ އުފާވެރި ހަބަރެއް ނޫނެވެ. މި ޚަބަރަކީ ނިއުމާގެ ފޭނުންނަށް މާޔޫސްކަމެއް ގެނުވާނެ ޚަބަރެއްކަން ޔަގީނެވެ.
އެ ޚަބަރަކީ ހެއްޔެވެ؟ ދިވެހި ރާއްޖޭގެ ފިލްމީ ދާއިރާގައި 26 އަހަރު ހުއްޓުމެއް ނެތި މަސައްކަތް ކުުރުމަށްފަހު ނިއުމާ މިއަދު ފިލްމީ ދާއިރާއާ އަލްވަދާއު ކިޔަނީއެވެ. ކެމެރާ ފުރަގަހުގައި ނިއުމާ މަސައްކަތް ކުރާނެއެވެ. ނަމަވެސް ކެމެރާގެ ކުރިމަތިން ދެން ނިއުމާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެއެވެ.
ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ ކީއްވެ؟
ނިއުމާ ބުނީ އޭނާ މިހާރު އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅޭ ކަމަށާއި ފިލްމީ ދާއިރާއަށް ވުރެ ބޮޑަށް މިވަގުތު ބޭނުންވަނީ ވިޔަފާރީގެ މަސައްކަތްތަކުގައި ކުރިއަށް ދާން ކަމަށެވެ.
އަދި ހަމައެހެންމެ ފިލްމީ ދާއިރާއަކީ ބައެއް ފަހަރު ޝޫޓިންގައި ރަށުން ބޭރުގައި ވެސް ގިނަ ދުވަސް ހޭދަކުރަން ޖެހޭ ދާއިރާއެއް ކަމަށްވުމާއެކު އެކަނިވެެރި މައެއްގެ ހައިސިއްޔަތުން މިވަގުތު ބޮޑަށް ބޭނުން ވަނީ ދަރިފުޅަށް ވަގުތު ހުސްކުރުން ކަމަށް ނިއުމާ ފާހަގަ ކުރިއެވެ.
ނިއުމާަގެ ޝުކުރުގެ ލިސްޓު
ފިލްމީ ދާއިރާގައި ހޭދަކުރި 26 އަހަރުގެ ދިގު ދަތުރުގައި އޭނާއަށް ވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި ސަޕޯޓް ލިބިފައިވާކަން ނިޢުމާ ފާހަގަ ކުރިއެވެ. އޭގެ ތެރޭގައި އައިސްތަ އާއި ގިޔާސްގެ ނަމާއި ނިއުމާއާއެކު ފިލްމީ ދާއިރާގައި މަސައްްކަތް ކުރި ހުރިހާ ފަންނާނުންގެ ނަން ފާހަގަކޮށް އޭނާ ވަނީ އެ ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.
ނިއުމާ ބުނީ ހުރިހާ ފަންނާނުންގެ އިތުރަށް އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ އޭނާގެ ފޭނުން ކަމަށެވެ.
"ގިނަ ފަހަރަށް ޓީވީން އަހަރެމެންގެ އެއްޗެއް އަންނަކަން ވެސް އެނގެނީ ސްކްރީންޝޮޓެއް ނޫނީ ސްނެޕެއް މީހަކު ފޮނުވާލީމަ. ނޫނީ މީނީ ފިލްމު ބަލާށޭ މެސެންޖާއިން ބުނެލީމަ"
ހިނިތުންވެ އިނދެ ނިއުމާ ބުނީ އެފަދަ ކަންތައްތަކުން އަދިވެސް ނިއުމާގެ ފޭނުން އޭނާދެކެ ވާ ލޯބި ފާހަގަ ކުރެވޭ ކަމަށާއި އެކަމާ އިންތިހާއަށް އުފާކުރާ ކަމަށެވެ.
ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ކުދިންނަށް މެސެޖެއް
ފިލްމީ ދާއިރާއިން ގިނަ އަދަދެއްގެ ޒުވާން މޫނުތަކެއް މިއަދު ދަނީ ފެންނަމުންނެވެ. އެ ފަންނާނުންނަށް ނިއުމާ ވަނީ މެސެޖެއް ދީފައެވެ. ނިއުމާ ބުނީ ފިލްމީ ދާއިރާގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ހުރިހާ ފަންނާނުން ވެސް މަސައްކަތަށް ވަރަށް "ޑެޑިކޭޓެޑް" ކަމަށާއި އަދި ފިލްމީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށެވެ.
"މިހާރު އަސްލުވާ ގޮތަކީ ކުރީގަ ކުރާހެނެއް ނޫން. މިހާރު ތަންކޮޅެއް ދޯދިޔާކޮށް މިދަނީ ކަންތައްތައް. ހަމަ ފިލްމެއް ކުޅެން ނުވަތަ ފޭމް ހޯދަން ފިލްމެއް ނުކުޅުނިއްޔާ ކަންނޭނގެ ރަނގަޅު ވާނީ"
ނިއުމާ ބުނީ ރަނގަޅު ވާހަކައެކެވެ. ކޮންމެ ދާއިރާއެއް ނަމަވެސް ކާމިޔާބު ހޯދޭނީ މަސައްކަތަށް ގިނަ ވަގުތުތަކެއް ހުސްކޮށް ގިނަ ވަގުތުތަކެއް އެކަމުގައި ހޭދަ ކޮށްގެންނެވެ.
ނިއުމާ ބުނީ އެކި މީހުން އެކި ގޮތްގޮތުން މި ދާއިރާގައި "ޖަޖް" ކުރާނެ ކަމަށާއި އަދި ވަރަށް ގިނަ ކަންތައްތައްތަކާއި ކުރިމަތި ލާން ވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް މިދާއިރާއިން ކުރިއަށް ދެވޭނީ މިހުރިހާ ކަމަކަށްވެސް ކެތްތެރިވެގެން ކަންކަމާ ކުރިމަތިލާން ކެރިގެން ކަމަށްވެސް ފިލްމީ ދާއިރާގެ ރަނިކަން ،ފާއިތުވެދިޔަ 26 އަހަރު ކުރި ނިއުމާ ބުންޏެވެ.
"ދެން ކޮންމެ މީހެއްގެވެސް އިންނާނެ ޕާރސަނަލް ލައިފެއް ދޯ. މިހާާރު އަހަރެމެންގެ ވެސް އިނދޭ ޕާރސަނަލް ލައިފެއް އެކަމު އަހަރެމެން ނޫޅެން މާބޮޑަށް އަހަރެމެން ޕާރސަނަލް ލައިފްގެ ކަންތައްތައްތައް މީހުނަށް އަންގައިގެނެއް. އަސްލުގަ މީހުނަކަށް ނޭނގޭނެ އަހަންނަނީ ކޮންކަހަލަ، ކިހިނެއް އުޅޭ މީހެއް ކަމެއް.(އަހަރެމެންނަކީ ކޮންކަހަލަ ބައެއްކަން) ވަކި ބަޔަކު ދައްކާ އެއްޗެއް މީހުންނަށް މި ފެންނަނީ"
ނިއުމާ ބުނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މަޝްހޫރު ފަންނާނުން އެތައް ކަމަކާ ވިސްނަން ޖެހޭނެ ކަމަށާއި އެގޮތުން ދިރިއުޅުމުގެ ހުރިހާ ކަމެއް މީސްމީޑިއާގައި ހިއްސާކުރުން ރަނގަޅު ނޫން ކަމަށް ފާހަގަ ކުރިއެވެ.
ނިއުމާއަކީ މިއަދު ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ކުދިން "ރޯލް މޮޑެލް" އެއްގެ ގޮތުން ބެލުމަށް އެންމެ ރަނގަޅު އެއް ފަންނާނުކަން ޔަގީނެވެ. އަދި މެދުކެނޑުމެއް ނެތި މިދާއިރާގައި މިހާ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މަދު ފަންނާނުންގެ ތެރެއިން އެކަކަކީ ނިއުމާއެވެ. ނިއުމާގެ ފިލްމީ ކެރިއަރުގައި ގާތްގަނޑަކަށް ސާޅީހަށްވުރެ ގިނަ ފިިލްމު ވަނީ ކުޅެފައެވެ. ގިނަ ފިލްމުތަކަކުން އެތައް އެވޯޑްތަކެއް ވަނީ ހޯދާފައެވެ. ފިލްމުތަކުގެ ޒަރީޢާއިން މުޖުތަމައުގައި ހުރި މައްސަލަތަކަށް ރަނގަޅު މެސެޖުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
ފިލްމީ ކެރިއަރުގައި އެތައް ވަގުތެއް ހޭދަކުރި ، އެތައް މަސައްކަތެއް ކުރި ފަންނާނަކާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ލިބުމަކީ ނުހަނު އުފާވެރިކަން ލިބުނު ކަމެކެވެ. ނިއުމާގެ ވިޔަފާރީގައާއި ދިރިއުޅުމުގައި ވެސް ކާމިޔާބީ ލިބުމަކީ "ދެން"ގެ އެދުމެވެ. ފާގަތި މުސްތަގުބަލަކަށް އެދެމެވެ.
ވަރަށް ދެރަވޭ،،،،،،ތިވަރުގެ މީހަކު ނާނާނެ
އެެެެނިއުމާގެ ވަރެއް ހަޔަމަ ނެތް
ޢަސްލު ނިއުމާ ފެންވަރުގެ ފަންނާނެއް ރާއްޖެ ނުދެކޭ.. ކޮންމެ ރޯލްއަކަށްވެސް ފިޓް. ޚާއްސަކޮށް ހަމަ ހިތާމަވެރި ބައިތަކަށް އެވަރުގެ މީހަކު ނެތް.. “ކަލާގެ ހައްގުގައި” އެއީ ނިއުމާއަށް އެވޯޑްވެސް ހައްގު ސިލްސިލަ ޑްރާމާ އެއް… ނިޢުމާގެ އެކްޓިން ހަމަ އެއްވަނަ
އަހުލާގުގެ ކަންފުޅެއްވެސް ނެތް އަސްލު މަންމަ ރޯލު ނުކުޅެންވެގެން ތިހުއްޓާލަނީ މީހަކު މަސްޙޫރުވެދާނެތިން ފުރައްސާރަ ކުރީކިހާވަރަކަށް ސުނީތާ އަށް ކިހާފުރައްސާރައެއް ކުރި އެހެންވީމަ އަގެއްނެތޭ
ޒުބޭ ވަރަށް ވެސް ދެރަވޭ ދެން ކީއްކުރާނީ ދޯ
ނިޔުމާ މީ މާ މޮޅު މީހެއްް ތައް
ދެންވެސް އިސްލާޙް ވާން އުޅެބަލަ
މޮޅު.. ކިތައްމެ ވަރެއް ކުރިޔަސް .. އެވރެއް ނެތް
އަހަރެންގެ އިނދެޔޭ ޕަރސަނަލް ލައިފެއް؟ ޕަރސަނަލް ލައިފް އެއީ އިންނަ އެއްޗެއްތަ؟ މާމޮޅު ފިލްމް ސްޓާރެކޯ؟ އެކަމަކު އަމިއްލަ ބަހުން ރަނގަޅަށް ވާހަކަދައްކަންވެސް ނޭނގޭ.
އަސްލު ކޮންމެ މީހަކުވެސް ކުރަނީ މަސައްކަތް އެ ހެޔޮ މަސްވެރިއަކަސް، ޓެކްސީ ޑަްރައިވަރަކަސް، ޑޮކްޓަރަކަސް، ޓީޗަރކަސް ސަރުކާރު އަދި އަމިއްލަ ކުންފުންޏެއްގެ ވަޒީފާ ވިޔަސް… ކުރަނީ މަސައްކަތް ދިރިއުޅުމަށް ފައިސާ ހޯދުމަށް، މިކަންކަމާ ފިލްމީ ދާއިރާއާ ހުރިތަފާތަކީ ކޮބާ؟ ފިލްމު ކުޅުން ބުރަ ނުވަތަ ޕްރޮޖެކްޓަކަށް ޑެޑިކޭޓް ވާއިރު އާދައިގެ ވަޒީފާ އަކުން ތިން ހަމަހުން ލިބޭ މުސާރައަށް ވުރެ އެތަށްގުނަ އިތުރަށް އެޕްރޮޖެކްޓަކުން ނަގާ. ދެންއޮތީ އެމީހަކު ކުރާހިތްވަ ހުނަރު ހުރިކަމެއް ކުރުން. ވީމާ ނިއުމާ މެންކަހަލަ މީހުން ލިބޭ ތަރުހީބު އަސްލު ބޮލީވުޑަށް ވުރެ މިގައުގަ މާރަނގަޅު. އެހެންމީހުންނަށް ތިގޮތަށް އަޅާލާތަން ނިސްބަތުން މާ ކުޑަ!
އަސްލަކީ ފިލްމު،ޑްރާމާ ކުޅޭމީހުން ވާންޖެހޭ އުޅުން ރަނގަޅު ނަމޫނާ ބަޔަކަށްވާން މިފަދަ ދާއިރާއެއް ޚިޔާރު ކުރަންޖެޙޭނީ މިކަމަށް ފިޓް މީހުން މައްސަލައަކީ އަހަރަމެން މިއީ %100 މުސްލިމު ޤައުމެއް އިސްލާމް ދީނުގެ ހައްދު ޖަހާވަރު މުޑުދާުރު ކަންކަން ( މަސްތުވާ ތަކެތި ބޭނުންކުރުން ،ޒިނޭކުރުން، މީހުން މެރުން ، ކުޑަކުދިންނާއި އެކު ޖިންސީ ގޯނާކުރުން، މާރާމާރީ ހިންގާފައިވާވުން ) މިފަދަ ޢަމަލުކޮށް ސާބިތުހުވެ ހުކުން ވެސްކޮށް ލިޔާނު ކޮއްފައިވާ ސްޓާރުން ޕްރޮމޯޓް ކުރުން ރަނގަޅުބާ
ނިއުމާ ވަރެއް ނާންނާޏެ.. ހަމަ މޮޅު މީހެއް .. ސުނީތާ ދިމާޅަށް އެއްޗެއް ބުނުމަކު އެ އަދި ވަކި ކަމެއް. ޢޭގަވެސް ދެކޮޅު އޮންނާނެ.. ބަޓް ނިއުމާ ވައްޓާޅާނޭ މީޙަކު ނެތް.. ވަރަށްސާފު..️️️️️️
ތީި ހަމަ ބެސްޓު
ވަރަަަށް ދެރަވޭ ހުުއްޓާ ލީމަ
ރަނގަޅީ ކެމެރާގެ ފުރަގަހުންވެސް ނިއުމާމެން ނުފެނުން.. މީނަ އަހަރަކު އެއްފަހަރު މީޑިއާއަށް އަރާފަ އެބަބުނޭ ފޭނުން ދެރަވާތީ މީ އެންމެ ފަހު ފިލްމޭ އަލްވަދާއު ސޯވ އޭ.. އަޖައިބު ހަމަ
އެްއްވެސް މޮޅެއްނޫ