ބޮލީވުޑް މުނިފޫހިފިލުވުން

މާގިނަ ދުވަހެއް ނުވެ އަމީތާބު ވެސް "އެލެކްސާ" އަށް ވެދާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަންނާނުންނަަށް ބަލާލާއިރު، އަމީތާބު ބަޗަން ގެ ނަން ހިމެނެނީ އެންމެ ކުރީ ސަފުގައި ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

Ads by Sosun Fihaara

އޭނާ ކުޅެފައިވާ ގިނަ ފިލްމުތަކަކީ ގިނަ މީހުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިފައިވާ ފިލްމުތަކެކެވެ. އަދި އެފިލްމުތަކުގެ ޑަޔަލޮގްތަކާއި އަމީތާބު ވާހަކަ ދައްކާ ސްޓައިލަކީ ވެސް ވަރަށް ގިނަ ބަޔަކަށް މަގުބޫލު، އަދި ވަރަށް ގިނަ ބަޔަކު ނަކަލު ވެސް ކުރަން ބޭނުންވާ އަޑަކާއި ސްޓައިލެކެވެ.

މިކަން ދެން ވަރަށް ފަސޭހައިން ކުރެވިދާނެހެން ހީވެއެވެ. އެމޭޒަންގެ ފަރާތުން އުފައްދާފައިވާ "އެލެކްސާ" އަށް އަމީތާބުގެ އަޑުވެސް އަޅަން އެމޭޒަނުން ދަނީ ތައްޔާރު ވަމުންނެވެ.

އަމީތާބް އޭނާގެ އިންސްޓަގްރާމް ގައި މިވާހަކަ އިއުލާނު ކޮށްފައިވާއިރު، އެމޭޒަނުން ވެސް ވަނީ އެއީ ތެދެއްކަން އިއުލާނުކޮށް އެކަމާއި ގުޅޭގޮތުން ބަޔާނެއް ވެސް ނެރިފައެވެ.

އެމޭޒަން އިން ބުނެފައިވަނީ އަމީތާބުގެ އަޑު "އެލެކްސާ" އަށް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އަމީތާބް އާއި އެކު ކޮށްފައިވަނީ ވަރަށް ތަފާތު މަސައްކަތެއް ކަމަށެވެ.

އެގޮތުން އަމީތާބު ގެ އަޑު އެލެކްސާއިން ޖޯކު ކިޔުމަށާއި، މޫސުމާއިބެހޭ މައުލޫމާތު ދިނުމަށާއި، ޅެމާއި އެހެނިހެން ހިތްވަރު ދިނުމުގެ ބަސްތައް ކިޔުމަށާއި އެކި ނަސޭޙަތްތައް ދިނުމަށް ވެސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެމޭޒަނުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!