Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދު މުޒާހަރާކުރި ބިދޭސީންނަށް ފިޔަވަޅު އަޅާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު: ޝަމްއާން 

މިއަދު މުޒާހަރާކުރި ބިދޭސީންނަށް ފިޔަވަޅު އަޅާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު: ޝަމްއާން 

މުސާރަ ނުދޭ ކަމަށް ބުނެ, މުލިއާގެ ސަރަހައްދުގައި މިއަދު މުޒާހަރާކުރި ބިދޭސީންނަށް ފިޔަވަޅު އަޅާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ މިއަދު މާލޭގެ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީން ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ވަގުތު ބަލަމުންދާ ކަމަށެވެ.

<span style="color: #0b655f; font-family: 'mv waheed'; font-size: 23px; text-align: right;">"މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން"</span>

Advertisement
Ooredoo — Square (box)

ޝަމްއާން ވިދާޅުވީ އެ ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެ މީހުން ބުނަމުންދާތީ މިވަގުތު ލޭބާ ރިލޭޝަންސް އޮތޯރިޓީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާ ހިލާފުވާން ފުރުސަތު ނުދޭނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ އެފަދަ ފަރާތްތާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުން އެ ބިދޭސީންނަކީ ކޮންސްޓަރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ ބަޔެކެވެ. އެ މީހުންނަށް މުސާރަ ނުދޭތާ ވީ ކިހާ ދުވަހެއް ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މުސާރަ ނުދޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބިދޭސީންތަކެއް މުޒާހަރާކޮށްފައި އެބަ ހުއްޓެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް