ޚަބަރު

އޭސީސީގެ ކެޕޭސިޓީ އިތުރުކުރަން ޖަޕާނުން 2.1 މިލިއަން ޑޮލަރުގެ އެހީ ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖަޕާނާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން--

އެންޓީ ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ކެޕޭސިޓީ އިތުރުކުރަން ޖަޕާނުން 2.1 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.

Ads by STELCO

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީއާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރެއްވި އިރު ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއޫޗީ މިދޯރީ އެވެ.

މިއީ އޭސީސީއަށް ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ޕްރޮޖެކްޓައް ހިންގަން ދިން އެހީ އެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ހަލީލް ވަނީ ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރުމުމާއި އަދި ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

އަދި އެ ޕްރޮޖެކްޓާއެކު ދެފުށް ފެންނަ ގޮތަށް ސަރުކާރު ހިންގައި ކޮރަޕްޝަންގެ މައްސަލަަތައް އަވަހަށް ބެލުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އާއި ޖަޕާނުން ސިޔާސީ ގުޅުން ގާއިމުކުރިތާ 57 އަހަރުވެފައިވާ އިރު ޖަޕާނުން މީގެ ކުރިން ވަނީ ބޮޑެތި އެތަކެއް އެހީތަކެއް ރާއްޖެއަށް ދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!