Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭނުންވަނީ ވަށާ ޖެހޭ ތަރައްގީއެއް ގެންނަން: ރައީސް

ބޭނުންވަނީ ވަށާ ޖެހޭ ތަރައްގީއެއް ގެންނަން: ރައީސް

ބޭނުންވަނީ ވަށާ ޖެހޭ ތަރައްގީއެއް ގެންނަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހަގީގީ ކުރިއެރުމަކީ އިމާރާތްތައް ބިނާކުރުމާއެކު މުޖުމައެއްގައި ހުރި މައްސަލަތައް ހައްލުވެ، ފިކުރީ ތަރައްގީ ލިބި، ބިނާކުރަނިވި ފުދުންތެރި މުޖުތަމައެއް ބިނާވެގެން ދިއުން ކަމަށެވެ.

އެހެންވެ އެފަދަ ވަށާޖެހެނިވި ތަރައްގީއެއް ގެނެސްދިނުމަކީ ހުދު އެ މަނިކުފާނާއި ރައްޔިތުންވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

އަދި  ސިޔާސީ އޮއިވަރުގައި ނުޖެހި، ގައުމީ ވިސްނުމެއްގައި، އަމިއްލަ ސިކުނޑިން ވިސްނައި، އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާނަމަ، ބިނާކުރަނިވި، ދެމެހެއްޓެނިވި، ހަގީގީ ތަރައްގީ ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރަށް ލިބިވަޑައިގެންނެވި ބަޖެޓަކީ އިންތިގާލީ މަރުޙަލާގައި ހިއްސާކުރެއްވި ކަންކަމަށް ރިއާޔަތްކުރެއްވުމަކާ ނުލައި، ކުރީގެ ސަރުކާރުގެ މާލީ ވުޒާރާއިން އެކުލަވާލެއްވެވި ބަޖެޓެއް ކަމުގައިވާތީ، ތަރައްގީގައި އޮތީ ތަޅެއް އެޅުވިފައި ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ދެ އަހަރަށް ރާވައިފައި ވާނީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރެއްވުމެއްނެތި، ތަރައްގީގެ އެކި ދާއިރާތަކުން ހިންގެވުމަށް ވައުދުވެވަޑައިގެންފައިވާ މަޝްރުއުތައް އަމަލީ ގޮތުން ފައްޓަވައި، ނިންމެވުމަށް މަސައްކަތްތައް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް