Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހޯމް އާޓް ފަރުނީޗަރު ޕޭޖަށް ހީލަތުގެ ތުހުމަތުތަކެއް

ހޯމް އާޓް ފަރުނީޗަރު ޕޭޖަށް ހީލަތުގެ ތުހުމަތުތަކެއް

ފޭސްބުކްގައި ހިންގަމުންދާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ "ހޯމް އާޓް ފަރުނީޗާ" ޕޭޖުން މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާތީ، ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ފައިސާ ދެއްކުމުން ޑެލިވާ ނުކޮށްދޭ މައްސަލަ އިތުރުވަމުންދާ ކަމަށެވެ. ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗާ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށާއި، "ހޯމް އާޓް ފަރުނީޗާ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އަދި  އޮންލައިންކޮށް ވިޔަފާރިކުރާނަމަ، އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.

Advertisement
Allied — Dhen Online (box)

ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި، އެކި އިދާރާތަކުގެ ނަމުގައި ގުޅައިގެންނާއި މެސެޖު ކޮށްގެން ސްކޭމްތައް ހިންގުމާއި، ފްރޯޑް މައްސަލަތައް ވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް