Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކ.އަތޮޅު ކައުންސިލުން އެދުނީ ހައްޖު ކޯޕަރޭޝަނުން މާފުށީގައި ގެސްޓު ހައުސްއަޅަން

ކ.އަތޮޅު ކައުންސިލުން އެދުނީ ހައްޖު ކޯޕަރޭޝަނުން މާފުށީގައި ގެސްޓު ހައުސްއަޅަން

ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ކުރިއަށް ގެންދަން ނިންމާފައިވާ ގެސްޓު ހައުސްގެ މަޝްރޫއު ކުރިއަށް ގެންދަން ކ. އަތޮޅު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

އަތޮޅު ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކ. ހުރައަށް ވަަޑައިގެން ރައީސް  މިއަދު ވަނީ މާލެ އަތޮޅު ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލްގެ ބޭފުޅުން ވަނީ މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާކަންކަމާއި އަތޮޅުގެ ވަކި ވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅަކަށްވާތީ އަތޮޅުގެ ރަށްތަކުގައި ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކޮށްދެއްވުމަށް ކައުންސިލްގެ ބޭފުޅުން އެދިވަޑައިގެންނެވިއިރު އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާކަން ފާހަގަކޮށް އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ވެސް ފާހަގަކުރި އެވެ.

އަދި މާފުށީގައި ޙައްޖު ކޯޕަރޭޝަނުން ހިންގުމަށް ބޭނުންވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް އެ ބޭފުޅުން އެދިވަޑައިގެންނެވި އެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ ކ. މާފުށި ކައުންސިލްގެ ކުންފުންޏާ ގުޅިގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުން އެ ރަށުގައި ސިޓީ ހޮޓަލެއް އަޅައި، "ހަލާލް ޓޫރިޒަމް" ތައާރަފް ކުރަން ނިންމާފަ އެވެ. ސިޓީ ހޮޓާ އެޅުމަށް މާފުށިން ބިން ވެސް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯން އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ތަކުން ގެސްޓްހައުސްއާއި ރިޒޯޓް ހަދައި، ވިޔަފާރި ކުރަން ފެށުމުން އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މި މަހުގެ ތިން ވަނަ ދުވަހު މަޖިލީހުގައި އޮތީ ވިދާޅުވެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް