Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދީން

އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ދިވެހިން ހޯދަނީ

އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ދިވެހިން ހޯދަނީ

ކުރިއަށް އޮތް ރޯދަ މަހު އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގަ އާއި މަސްޖިދު މަލިކި ސަލްމާންގައި އިމާމުވެ، ހިފްޒުކޮށް ތަރާވީހު ނަމާދުކުރާ ފަރާތްތަކަކީ ދިވެހި ހާފިޒުން ކަމުގައި ހެދުމަށާއި އެކަމަށް އެންމެ ގާބިލު ދިވެހި ހާފިޒުން ހޯދަން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

Advertisement
Ooredoo — Truecaller (box)

އިސްލާމިކް މިނިސްޓްރީން ބުނީ ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަކޮށް ލިޔުންތަކާ އެކު އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް <a href="http://www.islamicaffairs.gov.mv/">ފޯމު</a> ހުށަހަޅަން ޖެހޭ ކަމަށެވެ.

އިސްލާމީ މަރުކަޒުގަ އާއި މަސްޖިދު މަލިކި ސަލްމާންގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ޓެސްޓެއް ބޭއްވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެއަށްފަހު ހިފްޒު އެންމެ ރަނގަޅު 04 ފަރާތެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ކޮންމެ ރެއަކަށް 700ރ. އެވެ. މިނިސްޓްރީން ބުނީ ފައިސާ ދޫކުރާނީ ގިނަވެގެން މިސްކިތަކަށް ދެ ހާފިޒުންނަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް