Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަމާޒަކީ އަންނަ އަހަރު ރާއްޖެއަކީ އެޗްއައިވީ ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ހެދުން: ނާޒިމް

އަމާޒަކީ އަންނަ އަހަރު ރާއްޖެއަކީ އެޗްއައިވީ ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ހެދުން: ނާޒިމް
އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މައިމީހާގެ ފަރާތުން އެޗްއައިވީ ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހުގެ ފާހަގަކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ އަމާޒަށް ރާއްޖެ ވާސިލުވުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ނާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގާބޫލުކުރާ ފެންވަރަށް ރާއްޖޭގައި އެ ބަލި ނައްތާލެވިފައިވާ ގައުމަކަށް ހެދުން ކަމަށެވެ. އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ވެސް ނާޒިމް މިއަދު ވަނީ  އިލްތިމާސްކުރައްވައިފަ އެވެ. އަދި އެފަދަ ކަންކަމުން އަރައިގަތުމަށް ގައުމެއްގެ ގޮތުގައި އެކުއެކީގައި އެންމެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތިން ބައްޔަކާ ގުޅޭ ނެޝަނަލް ގައިޑްލައިންތަކެއް އަލުން އެކުލަވާލައި އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ވައިރަލް ހެޕަޓައިޓިސްއާއި ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް އަދިއެޗްއައިވީއާ ގުޅޭ ގައިޑްލައިން އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް