Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުނު މީހާ ބަންދުކޮށްފި

ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުނު މީހާ ބަންދުކޮށްފި

މާލެ ސިޓީ، އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުނު މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއިން ފެންނަ ގޮތުން އަންހެނެއްގެ އަތުން ފޭރެން އުޅުނީ އެހެން ސައިކަލެއްގައި އައި ފިރިހެނެކެވެ.

އެ ފިރެހެން މީހާ މަސައްކަތްކުރީ އަންހެން މީހާ ދުއްވަމުން ދިޔަ ސައިކަލާ އަރައިހަމަކުރުމަށް ފަހު އެ މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތުމަށެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް އެކަން ނުވުމުން އެ މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ވ. ފިޔަބަރި، ހަސަން އިސާމު (30އ) އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 5:20 ހާއިރު ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

މައްސަލަ އާ ގުޅިގެން އޭނާގެ ސައިކަލު ވެސް ޓޯކޮށްފައިވާއިރު، އިސާމުގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް