Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަޅުވެރިޔާ ހޯދުމުގެ އޮޕަރޭޝަން މެދުކަނޑައެއް ނުލާ: އެމްއެންޑީއެފް

ފަޅުވެރިޔާ ހޯދުމުގެ އޮޕަރޭޝަން މެދުކަނޑައެއް ނުލާ: އެމްއެންޑީއެފް

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރު ކުރި ބޯޓަކުން ރޭ ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ސީމެކްސް ބޯޓުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓު އައްޑޫން އަންގާރަ ދުވަހުގެ ރޭ 11:30 ހާއިރު ފުރިއިރު، ރާޖް ކުމާރު ބޯޓުގައި ހުއްޓެވެ. އަދި އެރޭ 1:15 ހާއިރު، ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ކުރިން ބުނީ ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ އާ ފުވައްމުލަކު ސިޓީ އާ ދެމެދު ކަނޑުމަތިން ކަމަށެވެ. އަދި އޭރު ބޯޓު އޮތީ ފުވައްމުލަކު ސިޓީ އާ 8 މޭލަށް ކައިރީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސީމެކްސް ބޯޓުން ގެއްލުނު މީހާ ހޯދުމަށް، އޮޔާ އެކު ލައްގާނެ ކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި މިއަދު ސާޗް އޮޕަރޭޝަން ހިންގިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އިންޓަނޭޝަނަލް އުޅަނދުފަހަރާ ވެސް ކޯޑިނޭޓްކުރަމުންދާ ކަމަށެވެ.

ގެއްލުނު ފަޅުވެރިޔާ ހޯދުމަށް މިދިޔަ އަންގާރަ އަދި ބުދަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން، އިއްޔެ ފުވައްމުލަކުގެ ވަށައިގެންވާ ސަރަހައްދު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެހެންނަމަވެސް މިހާތަނަށް އެ މީހާ ފެނިފައިނުވާ ކަމަށެވެ.

އެމްއެންޑީއެފުން އެ ފަޅުވެރިޔާ ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ކަނޑު މަގުންނެވެ. އޮޕަރޭޝަނުގައި ޑްރޯން ބޭނުމެއް ނުކުރެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް