Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގޯތި ވައްކަން: ތަހުގީގު ވެރިޔާއަށް ފްލެޓެއް ލިބުނު ކަމަށް ބުނާ މައްސަލައެއް

ގޯތި ވައްކަން:  ތަހުގީގު ވެރިޔާއަށް ފްލެޓެއް ލިބުނު ކަމަށް ބުނާ މައްސަލައެއް

އެޗްޑީސީގެ ގޯތީގެ ވައްކަމުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ، ރަޖްނީ ޝުއައިބަށް ނުހައްގުން ވިނަރެސް ފްލެޓެއް ލިބިފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުގައި ހިމެނޭ ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ. އެ ޕޯސްޓްތަކުގައި ބުނާގޮތުން ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބުނީ، ވިނަރެސް ފްލެޓްތަކުންނެވެ.

Advertisement
Allied — Dhen Online (box)

<strong>"ރަޖުނީ ޝުޢައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަަންނަވަމެވެ"</strong> ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.

https://twitter.com/HKurusee/status/1870100050938081587

މިދިޔަ ސަރުކާރުން ވިނަރެސް ފްލެޓްތައް ދޫކޮށްފައިވަނީ ދެ ގޮތަކަށެވެ. އެއްގޮތަކަށް އެ ފްލެޓްތައް ދިނީ އިއުލާނު ކޮށްގެން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މި ސަރުކާރަށް ވީއިރު ބާކީ ނުދެވި ހުރި 123 ވިނަރެސް ފްލެޓް ދޫކޮށްފައިވަނ މި ސަރުކާރުންނެވެ.

ދެން އެ ފްލެޓްތައްދިނީ ސީލައިފް ކުންފުނީގެ ސަބަބުން ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ މީހުންނަށެވެ.

ވިނަރެސް ފްލެޓަށް ޝަރުތު ހަމަވެ، އެ ފްލެޓް ލިބޭ މީހުންގެ ނަންނަތައް އެޗްޑީސީއިން އާއްމު ވެސް ކުރި އެވެ. އާއްމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓްތަކުގައި ބުނީ ރަޖުނީ އާއި އޭނާގެ އަންހެނުންގެ ނަން އެއިން އެއްވެސް ލިސްޓެއްގައި ހިމެނިފައިނުވާ ކަމަށެވެ.

ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓެއް ލިބުންކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

'ދެން' އަށް ވަނީ ފްލެޓަށް އެދި ހުށަހެޅުނު ލިޔުމާއި، ރަޖްނީއަށް ފްލެޓް ލިބުނުކަން އަންގައިދޭ ލިޔުން ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރަޖްނީ ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އޭނާ ފްލެޓަށް އެދި ހުށަހަޅާފައިވަނީ، އޭނާ އަންހެނުންނާއެކު ދިރިއުޅޭ ގޮތަށް، ކޯ-އެޕްލިކަންޓް ފޯމެކެވެ.

[caption id="attachment_259780" align="alignnone" width="915"]<img class="size-full wp-image-259780" src="https://cdn.dhen.mv/wp-content/uploads/2024/12/photo_6282739832480449733_y.jpg" alt="" width="915" height="1280" /> ރަޖްނީއަށް ފްލެޓް ލިބުނުކަން އަންގާފައިވާ ލިޔުން[/caption]

ފްލެޓް ލިބުނީ ރަޖްނީ އަށެވެ. އަދި އެކަން ރަޖްނީއަށް އަންގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް