Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޒަކިއްޔާގެ މަރާ ގުޅިގެން ހިނގި ދެބަސްވުމެއްގައި ހޮޅުދޫގައި މާރާމާރީ ހިންގައިފި

ޒަކިއްޔާގެ މަރާ ގުޅިގެން ހިނގި ދެބަސްވުމެއްގައި ހޮޅުދޫގައި މާރާމާރީ ހިންގައިފި
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އަޑުއުފުލަމުންދިޔަ މީހަކާ އިތުރު މީހަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގައިފި އެވެ. މި ނޫހަށް އެނގިފައިވާ ގޮތުން އެކަމެއް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި އެ ރަށު ހޮޓަލެއްގެ ތެރޭގަ އެވެ. ދެބަސްވުން ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވި ނަމަވެސް އެެއީ ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން ހިނގިކަމެއްކަން ވަނީ އެނގިފަ އެވެ. އެ މާރާމާރީ ތަހުގީގު އަދި ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ލަސްވާ ކަމަށް ބުނެ ރޭ ހޮޅުދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ އިހުތިޖާޖު ކުރި އެވެ. ޕޮލިސް ސްޓޭޝަން ދޮށަށް 50 އެއްހާ މީހުން އެއްވި ކަމަށްވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގި ކަމަށް ބުނެ ޖެހިގެން އައި ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މި މާރާމާރީގައި އެއްވެސް މީހަކަށް ބޭރުފުށުން އަނިޔާއެއް ވެފައެއް ނުވޭ. މި މަރާމާރީގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އިހުތިޖާޖާ ގުޅިގެން ފުލުހުންގެ އިތުރު ޓީމެއް ހޮޅުދޫއަށް ރޭގައި ގޮސްފައިވާ ކަަމުގަ އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ހާއިރު އެވެ. ކުނި ނަގަން ދިޔަ ބަޔަކަށް ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި ކަރަށް ލިބިފައިވާ ހަމަލާއިން ނޭވާހޮޅި ވެސް ބުރިވެފައިވާ ކަމަށް އެ ރަށު މީހުން ކިޔައިދީފައިވެ އެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު، އެ ތަނުގައި ގިނަ އަދަދަކަށް ލޭ ވެސް ހުރި ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. ޒަކިއްޔާގެ މަރާ ގުޅިގެން އެ ރަށު މީހުން ގިނަ ތުހުމަތުތަކެއް ކުރެ އެވެ. ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ހޮޅުދޫގައި އިހުތިޖާޖުވެސް ކޮށްފައިވެ އެވެ. https://dhen.mv/256228 މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ސީނުން ފެނުނު ވަޅީގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. "ސީނުން ފެނުނު ވަޅީގައި ލޭގެ އަސަރު ނެތް ކަމަށް ވެސް ވާހަކަ ދެކެވޭއިރު ވަޅީގައި ގިނަ އަދަދަކަށް ލޭހުރިކަން ތަހުގީގަށް ފާހަގަކުރެވޭ، އެ ވަޅިއަކީ ގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެއްކަން ފާހަގަކުރަން" ސާމިހު ވިދާޅުވި އެވެ. އަދި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭ ނެތް ކަމަށް ބުނާ ވާހަކަތައް ވެސް ސާމިހު ދޮގުކުރި އެވެ. އޭނާ ވިދާޅުވީ، ތަހުގީގުގެ ބޭނުމަށް ވަޅީގެ ތަހުލީލުތައް ކުރެވެމުންދާ ކަމަށެވެ. ސާމިހު ވިދާޅުވީ ޒަކިއްޔާގެ މަރާ ގުޅިގެން އެކި ކަހަލަ ތުހުމަތުތައް ކުރެވޭތީ އާއި އެ މައްސަލައިގެ ތަހުގީގާ މެދު ސުވާލުތައް އުފައްދާތީވެ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޓީމެއް ދެ ވަނަ ފަހަރަށް ހޮޅުދޫއަށް ގޮސް އިތުރަށް މައްސަލަ ބަލާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް