ގެދޮރުވެރިޔާގެ ފްލެޓްތަކަށް އަލުން ހުޅުވާލައިފައިވާ ކަމަށް ބުނެ ސްކޭމެއް

ގެދޮރުވެރިޔާގެ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުނެ ސްކޭމެއް ކުރިއަށް ގެންދާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން މިއަދު އެކްސްގައި ބުނީ ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވެ، <span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">ހައުސިން މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.</span>
އެހެންވެ އެ މެސެޖާމެދު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަހުގެ 12 ވަނަ ދުވަހު ރޯވި އަލިފާނުގައި ހައުސިން މިނިސްޓްރީގެ ހުރިހާ ލިޔެކިޔުމެއްހެން ވަނީ އަނދާހުލިވެފަ އެވެ.
https://twitter.com/PoliceMv/status/1870776271250301303
އެެހެން ނަމަވެސް ފްލެޓް ލިސްޓު ކްލައުޑްގައި އޮތުމުން އެ ލިސްޓު އަދިވެސް އެބަ އޮތެވެ.
މި ފަހަކަށް އައިސް އެކި ނަންނަމުގައި ސްކޭމްތައް ދަނީ ހިންގަމުންނެވެ.
މި މަހު ކުރީކޮޅު ވައިބާ ހެކްކޮށް ސްކޭމެއް ކުރިއަށް ގެންދާތީ ވެސް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްކޭމްތައް ހުއްޓުވަން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވަނީ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފަ އެވެ.
އެހެން ނަމަވެސް ސްކޭމްތަކަަށް އަދި ވެސް ނިމުމަކަށް ނާދެ އެވެ.







ކޮމެންޓް