Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒަކިއްޔާގެ ދަރިފުޅު މާރާމާރީ ހިންގައިގެން ހައްޔަރުކޮށްފި

ޒަކިއްޔާގެ ދަރިފުޅު މާރާމާރީ ހިންގައިގެން ހައްޔަރުކޮށްފި
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާގެ ދަރިފުޅު މާރާމާރީ ހިންގައިގެން މިއަދު ހައްޔަރުކޮށްފި އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފޮޓޯ އާއި ވަނަވަރު ހާމަކޮށް ފުލުހުން ބުނީ އެ މައްސަަލައިގައި ހައްޔަރުކުރީ، ހޮޅުދޫ، ނިއުލައިފް، މޫސާ ރިމްޒީ (30އ) ކަމަށެވެ. އެނގިފައިވާ ގޮތުން ހައްޔަރުކުރި ރިމްޒީ އަކީ ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ހާއިރު އެވެ. ކުނި ނަގަން ދިޔަ ބަޔަކަށް ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި ކަރަށް ލިބިފައިވާ ހަމަލާއިން ނޭވާހޮޅި ވެސް ބުރިވެފައިވާ ކަމަށް އެ ރަށު މީހުން ކިޔައިދީފައިވެ އެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު، އެ ތަނުގައި ގިނަ އަދަދަކަށް ލޭ ވެސް ހުރި ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. ޒަކިއްޔާގެ މަރާ ގުޅިގެން އެ ރަށު މީހުން ގިނަ ތުހުމަތުތަކެއް ކުރެ އެވެ. ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ހޮޅުދޫގައި އިހުތިޖާޖުވެސް ކޮށްފައިވެ އެވެ. ނަމަވެސް "ދެން" އަށް އެނގިފައިވާ ގޮތުން މީހަކު ޒަކިއްޔާ މަރާލިކަމަށް ޒަކިއްޔާގެ ދަރިންނެއް ގަބޫލެއް ނުކުރެ އެވެ. އަދި ޒަކިއްޔާގެ ދަރިފުޅު މާރާމާރީ ހިންގީވެސް މީހަކު ޒަކިއްޔާ މަރާލިކަމަށް ތުހުމަތުކުރާތީ އެވެ.
"ކެފޭއެއްގެ ތެރޭގައި ޒަކިއްޔާގެ މަރާ ގުޅިގެން މީހަކު ވާހަކަ ދައްކަން އިންދައި ޒަކިއްޔާގެ ދަރިފުޅު އެތަނަށް އައީ. އައިސް އައި ރުޅީގައި މީހަކު ނަގާ ހަމަ ބިމަށް ޖެހައި ތެޅީ" ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ނަމަވެސް އެ މާރާމާރީގައި މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ވެސް ހޮޅުދޫ މީހާ ބުންޏެވެ.
މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ސީނުން ފެނުނު ވަޅީގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
"ސީނުން ފެނުނު ވަޅީގައި ލޭގެ އަސަރު ނެތް ކަމަށް ވެސް ވާހަކަ ދެކެވޭއިރު ވަޅީގައި ގިނަ އަދަދަކަށް ލޭހުރިކަން ތަހުގީގަށް ފާހަގަކުރެވޭ، އެ ވަޅިއަކީ ގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެއްކަން ފާހަގަކުރަން" ސާމިހު ވިދާޅުވި އެވެ. އަދި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭ ނެތް ކަމަށް ބުނާ ވާހަކަތައް ވެސް ސާމިހު ދޮގުކުރި އެވެ. އޭނާ ވިދާޅުވީ، ތަހުގީގުގެ ބޭނުމަށް ވަޅީގެ ތަހުލީލުތައް ކުރެވެމުންދާ ކަމަށެވެ. ސާމިހު ވިދާޅުވީ ޒަކިއްޔާގެ މަރާ ގުޅިގެން އެކި ކަހަލަ ތުހުމަތުތައް ކުރެވޭތީ އާއި އެ މައްސަލައިގެ ތަހުގީގާ މެދު ސުވާލުތައް އުފައްދާތީވެ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޓީމެއް ދެ ވަނަ ފަހަރަށް ހޮޅުދޫއަށް ގޮސް އިތުރަށް މައްސަލަ ބަލާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް