Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލައިފި

ރައީސަށް މަރުގެ އިންޒާރު ދިން މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލައިފި

ސޯޝަލް މީޑީއާގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި މީހެއްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން ސައިކޮލޮޖީ އެސެސްމެންޓް ހަދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސްއާ ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިނުމުގެ އިތުރުން އެހެން ފަރާތްތަކަށް ނިސްބަތްކޮށް "މަރާލާނެ" ކަމަށް ބުނެ އިންޒާރުދީ ހަޑިހުތުރު ބަހުން އެކި ޕޯސްޓުތައް ކުރަމުންދާ މައްސަލާގައި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހައްޔަރުކުރީ ގ ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) އެވެ.

މިޔާދު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި ތަނުންނެވެ. މަރުގެ އިންޒާރު ދިނުމުގެ އިތުރަށް އެއް ޖިންސުގެ ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށްވެސް ފޭސްބުކްގައި ޕޯސްޓުތަކެއް އެ މީހާ ކޮށްފައިވެ އެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނީ އެމީހާ މިހާރު ހުރީ ބަންދުން ދޫކޮށްލާފައި ކަމަށެވެ. އަދި ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ހެދި ޓެސްޓު ރިޕޯޓް އަދި ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް