ލައިފްސްޓައިލް

ބައްޕައަކު ދަރިފުޅަށް ދިން ނަސޭޙަތް: މީސްމީހުންނާއިމެދު ވިސްނުމަށްވުރެ ބިރިޔާނީ އާއި ދޭތެރޭ ވިސްނުން މާރަނގަޅު ވާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮޑުވަމުން އަންނަ ވަރަކަށް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ، މައިންބަފައިންނަށް ބައެއް ކަންކަން ސިއްރު ކުރަމުން އަންނަ މީހުންނެވެ. ޚާއްސަކޮށް އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކައެއްނަމަ، އަހަރުމެންގެ ތެރެއިން ގިނަ މީހުން އެވާހަަކައެއް އަހަރުމެންގެ މައިންބަފައިން ގާތަކު ނުބުނެއެވެ.

Ads by MWSC

ނަމަވެސް ގިނަ މައިންބަފައިން ކައިރީ ބައެއް ވާހަކަތައް ނުބުންޏަސް އެމީހުންނަަށް ހުންނަނީ އެނގިފައެވެ. އަހަރުމެން ހިތާމައެއް ކުރަންޏާ ހިތާމަ ކުރަނީ ކޮން ކަމަކާއި ގުޅިގެން ކަމާއި، އެހިތާމައިން އެންމެ ފަސޭހައިން ސަލާމަތް ކުރެވޭނީ ކިހިނެއްކަން ވެސް އެނގޭ މައިންބަފައިން މަދެއް ނޫނެވެ.

މިއީ ވެސް އެފަދަ ބައްޕަ އެކެވެ. އޭނާގެ 21 އަހަރުގެ އަންހެން ދަރިފުޅު، އުފަންދުވަހު ރޯން އިންތަން ފެނުމުން، އެބައްޕަ ފޮނުވަން ފެށީ މެސެޖުތަކެކެވެ. އެމެސެޖުތަކުން އޭނާގެ ދަރިފުޅި ހެއްވާލުމުގެ އިތުރުން، އޭނާ ދެއްކީ ރަނގަޅު ވާހަކަތަކެއްކަން ވެސް އެއަންހެން މީހާއަށް ވިސްނުނެވެ.

އިންޑިއާގެ ބާންޑްރާ އަށް އުފަން ރޫޕާޝްރީ ވަނީ އޭނާގެ ބައްޕަ ފޮނުވި އެމެސެޖުތަކުގެ ސްކްރީން ޝޮޓްތަކެއް ޓްވިޓާގައި ހިއްސާ ކޮށްފައެވެ. ރުޕާޝްރީ ބުނި ގޮތުގައި އެދުވަހު އޭނާ ރުއީ، އެއީ އޭނަގެ އުފަން ދުވަސް ކަމުގައިވީ އިރުވެސް، އޭނަގެ ގިނަ ރަށްޓެހިންނަށް އެކަން ހަނދާންނުވެ، އޭނާއަށް އަޅާ ވެސް ނުލުމުންނެވެ.

އެހެންކަމުން ރުޕާޝްރީ ގެ ބައްޕަ އޭނާއަށް އުފަން ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުން ބުނީ "އެހެން މީސްމީހުންނާއިމެދު ވިސްނާ، ފިކުރު ކުރުމަށްވުރެ ބިރިޔާނީ އާއިމެދު ވިސްނުން ވެސް މާރަނގަޅު ވާނެ" ކަމަށެވެ.

"ބިރިޔާނީ އަކީ މީރު އެއްޗެއް ނޫން ހެއްޔެވެ؟ އެ  ކެއީމަ އުފާވެސް ވެއެއް ނޫން ހެއްޔެވެ. މީހުން ކައިރީގަައި ނެތިއްޔާ އެބޮޑު ބިރިޔާނީ ތަށި އެކަނިމާ އެކަނި ކާލާ، އެއުފާވެރިކަން އަމިއްލަ މީހާއަށް އެކަނި ހޯދޭނެއެވެ." ރުޕާޝްރީ ގެ ބައްޕަ ބުނެފައިވެއެވެ.

އޭނާގެ ބައްޕަ ހަގީގަތުގައި އެބުނަނީ، އެހެން މީހުންނާއި މެދު އެހާ ވަރަށް ނުވިސްނާ އަމިއްލަ އުފާތައް ހޯދާށޭކަން ރުޕާޝްރީ އަށް އެނގުނެވެ. ނިންމާލަމުން އޭނަގެ ބައްޕަ މަޖަލަކަށް ބުނެފައިވަނީ އެހާ ގިނައިން ބިރިޔާނީ ވެސް ނުކައި ޑަޔަޓު ކުރުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!