Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެއާޝޯގެ ފޮޓޯ ނަގައިގެން މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ދަތުރުކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް

އެއާޝޯގެ ފޮޓޯ ނަގައިގެން މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ދަތުރުކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް
ގައުމީ އެއާލައިން، މޯލްޑިވިއަނުން ވައިޑް ބޮޑީ އެއާކްރާފްޓް ގެންނަ ދުވަހާ ދިމާކޮށް ބާއްވަން ހަމަޖެހިފައިވާ އެއާޝޯގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން ގިނަ އިނާމުތަކެއް ލިބޭ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާ ބޯޓު، އެއާބަސް އޭ330-200 މަރުކާގެ ބޯޓެކެވެ. އެ ބޯޓު އަންނަ ހޯމަ ދުވަހު ގެނައުމަށް ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މޯލްޑިވިއަނުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޝޯގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގައިގެން، ދެ މީހަކަށް ބޮޑެތި އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެއާ ޝޯ އިވެންޓް ކުރިއަށްދާނީ މި އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން 5:30 އަށެވެ. ފޮޓޯ އަދި ވީޑިއޯ ކޮލިފައިވުމުގެ ޝަރުތުތަކެއް މޯލްޑިވިއަނުން ކަނޑައަޅާފައިވެ އެވެ. ސޯޝަލް މީޑީއާގެ ކޮންމެ ޕްލެޓްފޯމަކުން ވެސް ފޮޓޯ ހުށަހެޅިދާނެ ކަމަށާއި، ހުށަހަޅާ ފޮޓޯ ނުވަތަ ވީޑިއޯ ވާން ޖެހޭނީ އަމިއްލަ އުފެއްދުމަކަށް ކަމަށް އެ އެއާލައިނުން ބުންޏެވެ. https://twitter.com/MaldivianAero/status/1874695810883235955 މުބާރާތުގައި ބައިވެރިވެވޭނީ އެއާޝޯގެ ފޮޓޯ ނުވަތަ ވީޑިއޯ އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ޕޯސްޓްކޮށްގެންނެވެ. އަދި ސޯޝަލް މީޑިއާއިން ޕޯސްޓުކުރާ އެކައުންޓަކީ ޕަބްލިކް އެކައުންޓަކަށް ވާން ޖެހެ އެވެ. ޕޯސްޓުކުރާ ފޮޓޯ ނުވަތަ ވީޑިއޯގެ ޓެގްގައި @maldivianaero އަދި #maldivianAeroAirshow ހޭޝްޓެގް ބޭނުން ކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފަ އެވެ. މުބާރާތުގެ އިނާމުތައް:
  • ދެ މީހަކަށް އެއާ ޓްރާންސްފާ ހިމެނޭ ގޮތަށް 5 ތަރީގެ ރިސޯޓެއްގައި ދެ ރޭ ފުލް ބޯޑުގައި ހުރުން. އަދި އާ އެއާކްރާފްޓްގެ ދަތުރެއް
  • ދެ މީހަކަށް ޓްރިވެންޑްރަމް ނުވަތަ ކޮޗިންއަށް ދަތުރު ކުރުމުގެ ޓިކެޓް. އަދި އާ އެއާކްރާފްޓްގެ ދަތުރެއް
  • އިހުތިޔާރުކުރާ ރާއްޖޭގެ ރަށަކަށް ދެ މީހަކަށް ދަތުރު ކުރުމުގެ ޓިކެޓް. އަދި އާ އެއާކްރާފްޓްގެ ދަތުރެއް
މޯލްޑިވިއަނުން ބުނީ އިންސާފުކުރުމުގައި ބަލާނީ ފޮޓޯ ނުވަތަ ވީޑިއޯގެ އުފެއްދުންތެރި ކަމަށާއި އޮރިޖިނަލިޓީގެ އިތުރުން އެންގޭޖްމަންޓްގެ ގޮތުގައި އެ ޕޯސްޓަކަށް ލިބިފައިވާ ލައިކްގެ އަދަދަށް ކަމަށެވެ. ކޮންމެ ބައިވެރިއަކު ވެސް ރައްޓެހިންނާއި ފޮލޯވަރުން ލައްވައި، ޕޯސްޓަށް ލައިކް ކުރުވައިގެން އިނާމު ހޯދުމަށް މަސައްކަތް ކުރުމަށް އެ އެއާލައިނުން ހިތްވަރުދެ އެވެ. މުބާރާތުގެ ފޮޓޯ އަދި ވީޑިއޯ ހުށަހެޅުމުގެ އެންމެފަހު ވަގުތެއް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ. ވަނަ ލިބޭ މީހުން އިއުލާނު ކުރާނީ އެ ހަފުތާގެ ހޮނިހިރު ދުވަހު އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް