Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާ އައުޓަކީ ޔާމީނުގެ ހަރުކަށި ސިޔާސަތެއް: އަދީބު

އިންޑިއާ އައުޓަކީ ޔާމީނުގެ ހަރުކަށި ސިޔާސަތެއް: އަދީބު

އިންޑިއާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަރުކަށި ސިޔާސަތެއް ކަމަށް އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ޔާމީން އިސްވެ ހުންނަވާ ހިންގެވި ކެމްޕޭނެއް ކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވަނީ އިންޑިއާގެ "ވިއޯން" އާ ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.

ހަލީލް އެހެން ވިދާޅުވާ ވީޑިއޯއެއް އެކްސް ގައި ރީޕޯސްޓް ކުރައްވާ އަދީބު ވަނީ ހަގީގަތް ހާމަކޮށްދެއްވީތީ މިނިސްޓަރު ހަލީލަށް ޝުކުރު އަދާކުރައްވާފަ އެވެ. އިންޑިއާ އައުޓް ކެމްޕޭނަކީ ނަފްރަތު އުފެއްދުމަށް ޔާމީން ފެއްޓެވި ކެމްޕޭނެއް ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާކަން އަދީބު ފާހަގަކުރެއްވި އެވެ.

Advertisement
Allied Insurance — Square (box)

<strong>"އިންޑިއާގެ މީޑިއާތަކަށް ފާހަގަކޮށްދިން ފަދައިން 'އިންޑިއާ އައުޓް' ކެމްޕޭނަކީ ކުރީގެ ރައީސް ޔާމީންގެ އިންޑިއާ ދެކޮޅަށް ނަފްރަތު އިތުރު ކުރުމުގެ ވިސްނުމާއެކު އެމަނިކުފާނު ފެއްޓެވި ކެމްޕޭނެއް" </strong>އެ ކެމްޕޭނަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަމަށް އަދީބުވެސް ވިދާޅުވި އެވެ.

ވިއޯންއަށް ދެއްވި އިންޓަވިއުގައި ހަލީލް ވިދާޅުވީ އިންޑިއާއާ އެ ގައުމުގެ ރައްޔިތުންނާ އެކު އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ގުޅުމާ، ސަލާމަތީ ޕާޓްނާޝިޕްގެ ރޮނގުން ވެސް ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ސްޓްރެޓެޖިކް ގުޅުން ބަދަހިވެ ކުރިއަރަމުން އަންނަ ކަމަށެވެ.

އަދި ބައެއް ފަރާތްތަކުން ގުޅުން ހީނަރުކުރަން މަސައްކަތް ކޮށްފާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. އެ އިޝާރަތް ކުރެއްވީ ކޮން ބަޔަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް