Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަށި ވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބަޔަކު އަތުލައިގަނެ، 2 މީހަކު ޑީޕޯޓްކޮށްލައިފި

ހަށި ވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބަޔަކު އަތުލައިގަނެ، 2 މީހަކު ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީންތަކެއް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން 'އެކްސް' ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ހަށިވިއްކަމުންދާ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންތަކުގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހުންނާއި، ރަޝިއާ ދެމީހުން އަދި ޔުގާންޑާ މީހެކެވެ.

Advertisement
Ooredoo — Truecaller (box)

އިމިގްރޭޝަނުން ބުނީ، އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަ އުޅެމުންދާ ބިދޭސީން ރާއްޖެއިން ފުރުވާމުލަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް އެތައް ބަޔަކު ރާއްޖެއިން ޑީޕޯޓްވެސް ކޮށްފައިވެ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް