Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިނގިރޭޓް އޮޅާ ސާމާނުގެ 6 ޝިޕްމަންޓެއް ކަސްޓަމުން ހިފަހައްޓައިފި

ސިނގިރޭޓް އޮޅާ ސާމާނުގެ 6 ޝިޕްމަންޓެއް ކަސްޓަމުން ހިފަހައްޓައިފި
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖެ އެތެރެކުރުން މަނާވެފައިވާ ސިނގިރޭޓް އޮޅަން ބޭނުންކުރާ ސާމާނުތަކެއް ހިމެނޭ 6 ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާކަން އެނގިއްޖެ އެވެ. މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެ ޝިޕްމެންޓްތައް ރާއްޖެ އެތެރެކޮށްފައިވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް އަންގައި ހެލްތު މިނިސްޓްރީން ކަސްޓަމަށް ސިޓީއެއް ފޮނުވި ފަހުންނެވެ. ސީދާ ވަކި ދުވަހެއް އެނގިފައި ނުވި ނަމަވެސް އެ ތަކެތި ހިފެހެއްޓީ ހުސްވި ޑިސެމްބަރު މަހުގެ 24 ގެ ފަހުންނެވެ. މައުލޫމާތު ދިން މީހާ ބުނީ ހިފެހެއްޓި ޝިޕްމެންޓުގެ ތެރޭގައި، ރާއްޖޭގައި ފުޅާދާއިރާއެއްގައި ސިނގިރޭޓުގެ ވިޔަފާރިކުރަމުން އަންނަ ރޫޓް ފިހާރައިގެ ޝިޕްމެންޓެއްވެސް ހިމެނޭ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ގުޅާލުމުން ކަސްޓަމުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝިޕްމެންޓުތަކެއް ހިފަހައްޓާފައިވޭތޯ ޖެހޭނީ ބަލަން ކަމަށެވެ.

އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 200ރ އަށް ޖެހިފަ އެވެ. އެހެންވެ ސިނގިރޭޓް އޮޅުން ވަނީ އިތުރުވެފަ އެވެ. އަދި އެތަކެއްޗަށް އޮތް ޑިމާންޑުވެސް ބޮޑުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް