Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެވަނަ ބޮޑު ބޯޓެއް ގެނެސް އޮކްޓޫބަރު މަހު ހިދުމަތް ދޭން ފަށާނަން: ރައީސް

ދެވަނަ ބޮޑު ބޯޓެއް ގެނެސް އޮކްޓޫބަރު މަހު ހިދުމަތް ދޭން ފަށާނަން: ރައީސް
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް ދެ ވަނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސް، އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް (އެއާބަސް އޭ-330) އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ތާރީހީ ދުވަހެއް ކަމަށެވެ. ބޮޑު ބޯޓު ގެނައުމަށް ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މެނިފެސްޓޯ އެކުލަވާލުމުގެ މަރުހަލާގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވި ގޮތްތަކެއް ކަނޑައެޅި ކަމަށެވެ. ގަބޫލުކުރެވުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގައުމީ އެއާލައިންގެ ކެޕޭސިޓީ ފުޅާކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން ކަނޑައެޅީ ދުރުރާސްތާއަށް ދަތުރު ކުރެވޭވަރުގެ ވައިޑް ބޮޑީ އެއާކްރާފްޓްތައް ތައާރަފުކުރަން. އަޅުގަނޑު ވައުދުވީ ވައިޑް ބޮޑީ ދެ އެއާކްރާފްޓް އައިލެންޑް އޭވިއޭޝަނަށް ގެނެސް އޮޕަރޭޝަން ފުޅާކުރަން،"
ރައީސް ވިދާޅުވީ އެއާބަސް އޭ-330 ގެ ފުރަތަމަ ބޯޓު މިއަދު ވީއައިއޭގައި ޖައްސާއިރު، ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާ ހަމައަށްދާއިރު ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށެވެ. https://twitter.com/presidencymv/status/1876238030190854566
"މިއަދު މި ފެށޭ އުދުހުންތަކުން ޗައިނާގެ ވަކި ހިސާބުތަކަށް މި ދަތުރު ކުރެވެނީ. އަދި ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ގިނަ މަންޒިލްތަކުން ޓޫރިސްޓުން ގެނެވޭނެ،"
މިކަމަކީ އިގުތިސޯދު ކުރިއެރުވުމަށާއި ފުޅާކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި އައިލެންޑް އޭވިއޭޝަނުގެ ވެރިންނާއި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މޯލްޑިވިއަންގެ 24 އަހަރުވީ ތާރީހުގައި ގެންނަ އެންމެ ބޮޑު ބޯޓު ރާއްޖެ ގެނައުން ފާހަގަކުރަން މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ހިމެނޭ ސަރަހައްދުގައި އެއާ ޝޯއެއް މިވަގުތު އެބަ ހިނގަ އެވެ. ވައިޑް ބޮޑީ އެއާކްރާފްޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބޯޓުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އާ ބޯޓުން ޗައިނާގެ 3 ސިޓީއެއްގެ އިތުރުން ޔޫރަޕަށް ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށް މީގެކުރިން މޯލްޑިވިއަނުން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް