Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބަލްކުކޮށް ބޮޑު ހިލަ ގެންނަނީ

ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބަލްކުކޮށް ބޮޑު ހިލަ ގެންނަނީ
ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބަލްކުކޮށް ބޮޑު ހިލަ ގެންނަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ. ހުވަދޫ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ހުއްޓިފައިވަނީ ބޭނުންވާ ސާމާނާ، ފައިސާގެ ދަތިކަމާހެދި ކަމަށެވެ. އޭގެ ތެރެއިން އެކައްޗަކީ ބޮޑުހިލަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެ ރަށުގެ އިތުރުން އެހެން ރަށްތަކުގައި ދިމާވެފައިވާ ބޮޑުހިލައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަަތްތަކެއް ކުރަމުންދާކަން ރައީސް ހާމަކުރެއްވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މިގޮތަށް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަ ކުރަން. ބޮޑު ހިލަ އެންމެ ބޮޑަށް. އެންމެ ގިނަ ރަށްތަކުގައި މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑު ހިލަ ނުލިބުން. މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑު މިކަމާ ގުޅޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއެކު ބައްދަލުވުމެއް ބާއްވާފައި ގޮތްތަކެއް ރާވައިފިން. ހުރިހާ ރަށަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ރާއްޖެ ގެންނަން."
އަދި ވިދާޅުވީ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމުވެސް މިދިޔަ ހަފްތާގައި ހަމަޖައްސައިފައިވާ ކަމަށެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ރަތަފަންދޫގައިވެސް ތަކުރާރުކުރެއްވި އެވެ. ދެއްވި ޔަގީންކަމަކީ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެ ކަމެވެ. އެއަށް ފަހު މި ސަރުކާރުން ރަތަފަންދޫއަށް ކޮށްދޭން ނިންމާފައިވާ ކަންކަމުގެ ލިސްޓެއް ރައީސް ހިއްސާކުރެއްވި އެވެ.
  • ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދޫގައި މޫދަށް އެރިލާނެ ސަރަހައްދެއް ކަނޑައެޅުން
  • 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް އެޅުމަށް މަޝްރޫއުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުން، އެ ރަށްތަކުގައި ތެރޭގައި ރަތަފަންދޫވެސް ހިމެނޭ
  • މި އަހަރުގެ ތެރޭގައި ކުރިއަށްގެންދާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެން އެ ރަށުގެ ބަނދަރު ހެދުން
  • ރަނގަޅު ފެންވަރުގެ ވޮލީ ކޯޓަކާއި އިންޑޯ ޖިމަކާއި ޔޫތު ސެންޓަރެއް އެޅުން
  • ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލު އަޅައިދިނުން
  • ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސައި، އެ މަޝްރޫއު ކުރިއަށް ގެންދިޔުން
ރައީސް ވިދާޅުވާ ގޮތުންނަމަ ރަށްރަށުގެ ހުރި މައްސަލަތައް ހައްލުކުރެވޭނީ ކައުންސިލުން ބޭނުންވާ މިސްރާބަށް ކަންކަން ގެންގޮސްގެންނެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް