Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންޑިއާ އިން ބުނަނީ އަސްކަރީ އެހީ ދިނުމުގައި ދެމިތިބޭނެ ކަމަށް

އިންޑިއާ އިން ބުނަނީ އަސްކަރީ އެހީ ދިނުމުގައި ދެމިތިބޭނެ ކަމަށް

އިންޑިއާގެ ނެއިބަހޫޑް ފަސްޓް ޕޮލިސީގައި ރާއްޖެއަށް ހާއްސަ ޖާގައެއް ދެވިފައިވާ ކަމަށާއި، ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ 3 ދުވަހުގެ ދަތުރެއްގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނު ވަނީ އިންޑިއާއަށް މިއަދު ވަޑައިގެންފަ އެވެ. ވެރިރަށް ދިއްލީން ގައްސާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، ދެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންގެ ދެމެދުގައި މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެ-އިންޑިއާ ދެމެދު ކުރެވުނު ބައްދަލުވުން ފައްޓަވައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ވިދާާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ތަމްރީނާއި، ގަވާއިދުން ކުރިއަށްގެންދާ ޑްރިލްތަކާއި، ވޯކްޝޮޕްތައް އަދި ސެމިނާތަކުގެ އިތުރުން ދިފާއީ އާލާތްތައް ސަޕްލައި ކުރުން ފަދަ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އިތުރުކުރަން މަގުތައް ފަހިކޮށްދެމުންދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

''އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން އަދި ގާތް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑު ދޭނެ ޔަގީންކަމަކީ ރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް،'' އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި ރަޖްނާތު ވިދާޅުވި ކަމަށް އިންޑިއާގެ ނޫހަކުން ބުންޏެވެ.

ރަޖްނާތު ވިދާޅުވި ގޮތުގައި އޮކްޓޫބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

https://twitter.com/sidhant/status/1876900332254433520

އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުމާއި ތަނަވަސްކަން ގެނައުމަށް އިސްކަންދޭ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގައި އިންޑިއާއިން ހާއްސަ ޖާގައެއް ރާއްޖެއަށްދޭ ކަމަށް ރަޖްނާތު ވިދާޅުވި އެވެ.

"ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް" (ސާގަރު) ގެ ވިސްނުމަށް ތާއީދުކޮށް، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެ ގައުމުން ވެސް އިސްދައުރެއް އަދާކުރޭ،" ވިދާޅުވި އެވެ.

ގައްސާން އިންޑިއާއަށް ކުރައްވާ ދަތުރުގައި އިންޑިއާގެ ވިޔަފާރީގެ ހަބު، މުމްބާއީ ގައި ހުންނަ މަޒާގަން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑާއި ގޯއާގެ ޝިޕްޔާޑަށް ޒިޔާރަތްކުރަން ހަމަޖެހިފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް