Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަފާރީއަކުން މޫދަށް ވެއްޓުނު މީހަކު ހޯދަނީ 

ސަފާރީއަކުން މޫދަށް ވެއްޓުނު މީހަކު ހޯދަނީ 
މިރިހި އައިލެންޑް ރިސޯޓު ކައިރީގައި އޮތް "ނޯތު 07" ސަފާރީން މޫދަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ފަށައިފި އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނީ އދ. ރިސޯޓެއް ކައިރީ އޮތް ސަފާރީއެއްގައި އުޅުނު ދިވެއްސެއް ގެއްލިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމަށް އެ ސަރަހައްދުގައި އެމްއެންޑީއެފުންނާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ގެއްލިގެން ހޯދަމުން ދަނީ ސީވީޑް، ނ. ހޮޅުދޫ، އަލީ އަރުޝަދު (35އ) އެވެ.
"ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީ ހުއްޓައި މީހާ ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ ތަން ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެނިފައިވޭ،" މެސެޖުގައިވެ އެވެ.
އެމްއެންޑީއެފުން ބުނީ މިރިހި ކައިރީގައި "ނޯތު 07" ސަފާރީން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާ އެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަތުރުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް