ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނި މާލޭގެ ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހާނާގައި މީހަކު ވެއްފައި އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:04 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ އައްޑޫ ސިޓީ, ހުޅުދޫ, ބޮކަރުމާގެ, އުމުރުން 59 އަހަރުގެ އަބްދުالله ޒަކީ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Allied Insurance