Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕަމްޕު ސިސްޓަމަށް މައްސަލައެއް ދިމާވެ ހިޔާ ފްލެޓްތަކުން އަނެއްކާވެސް ފެން ކެނޑިއްޖެ

ޕަމްޕު ސިސްޓަމަށް މައްސަލައެއް ދިމާވެ ހިޔާ ފްލެޓްތަކުން އަނެއްކާވެސް ފެން ކެނޑިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކަށް ފެން ފޯރުކޮށްދޭ ޕަމްޕު ސިސްޓަމަށް ދިމާވީ މައްސަލައަކާ ގުޅިގެން ބައެއް ފްލެޓްތަކުން ފެނުގެ ހިދުމަތް މިރޭ މެދުކެނޑިއްޖެ އެވެ.

މާލެއަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ވޯޓާ އެންޑް އެންޑް ސްވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) ގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މައްސަލަ ދިމާވީ ބޫސްޓާ ޕަމްޕު ސިސްޓަމަށް ކަމަށެވެ.

އެހެންވެ ހިޔާ ޓަވަރު 1 އިން 8 އަށް ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ފެން ކުންފުނިން ކުރި ޕޯސްޓުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެ ކުންފުނިން ބުނީ އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ހިދުމަތް ފޯރުކޮށްދޭން ނަގާނީ ކިހާއިރެއް ކަމެއް ނުބުނެ އެވެ.

ހޮޅިއެއް ފަޅައިގެން ގޮސް، އިއްޔެވެސް ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑުނެވެ. މާގިނަ އިރުތަކެއް ނުވެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް